
ކަރަންޓުގައި ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާދެމުން ދިޔަ ކުޑަކުއްޖާ ވެންޓިލޭޓަރުން ނަގައިފިއެވެ.
އަޟްހާ އީދަށް ލ. ގަމުގައި ތަން ތައްޔާރުކުރުމުގެ ތެރޭގައި ކަރަންޓު ވާގަނޑަކުން ކަރަންތުގައި ޖެހި އިތުރު ފަރުވާއަށް މާލެ ގެނައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖާއަށް އެންމެ ފުރަތަމަފަރުވާ ދިނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް ހާލު ސީރިއަސްވުމާ އެކު މިދިޔަ ބުދަ ދުވަހު އައިޖީއެމްއެޗުގައި ފަރުވާ ދޭނ ްފެށީ ވެންޓިލޭޓަރުގައެވެ.
އައިޖީއެމްއެޗްގެ މީޑިޔާ އޮފިސަރ ވިދާޅުވި ގޮތުގައި، އެ ކުއްޖާއަށް ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދިނުމަށް ފަހު ވެންޓިލޭޓަރުން ނަގާފައިވަނީ ހުކުރު ދުވަހުގެ މެންދުރު 12:00 ހާއިރުއެވެ. ނަމަވެސް، ކުއްޖާއަށް އަދިވެސް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް އޮފިޝަލް މަޢުލޫމާތު ދެއްވާފައިވެއެވެ.










