May 29, 2026
Advertisement
ކަރަންޓުގައި ޖެހިގެން ގަމުން މާލެއަށް ފަރުވާއަށް ގެނައި ކުޑަ ކުއްޖާ ވެންޓިލޭޓަރުގައި!
ކަރަންޓުގައި ޖެހިގެން ގަމުން މާލެއަށް ފަރުވާއަށް ގެނައި ކުޑަ ކުއްޖާ ވެންޓިލޭޓަރުގައި! / ސޯޝަލް މީޑިއާ

ކަރަންޓުގައި ޖެހިގެން ގަމުން މާލެއަށް ފަރުވާއަށް ގެނައި ކުޑަ ކުއްޖާ ވެންޓިލޭޓަރުގައި!

May 28, 2026, 01:13 PM
މާލެ ސިޓީ

ލ. ގަމުގައި ކަރަންޓުގައި ޖެހި ބޮޑެތި އަނިޔާތަކެއް ލިބުނު ކުއްޖާއަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

Advertisement

އުމުރުން 14 އަހަރުގެ އެ ފިރިހެން ކުއްޖާ، އިއްޔެ މާލެ ގެނެސް މިހާރު ފަރުވާދެނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.

މާލެ ގެނައުމުގެ ކުރިން ކުއްޖާއަށް ފަރުވާދީފައި ވަނީ ލ. ގަމު ހޮސްޕިޓަލުގައި ވެންޓިލޭޓަރުގަ އެވެ.

އެ ކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، ކުއްޖާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ކަރަންޓުގައި ޖެހުމުގެ ސަބަބުން މާލެ ގެނައިރު ވެސް އެ ކުއްޖާ ހޭނާރައެވެ. އަދި ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އެ ކުއްޖާ ކަރަންޓުގައި ޖެހިފައިވަނީ، އެ ރަށުގައި އީދަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved