March 20, 2026
Advertisement
އައިޖީއެމްއެޗް
އައިޖީއެމްއެޗް / ސޯޝަލް މީޑިއާ

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ ގައިދީއެއް ނިޔާވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Feb 2, 2026, 11:26 PM

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއެއްގެ ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

Advertisement

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ނިޔާވެފައިވަނީ ދަފްތަރު ނރ. 439، އިބްރާހިމް ސުޙެއިލް (53އ) އެވެ. ސުޙެއިލްއަކީ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ މީހެކެވެ.

ކަރެކްޝަންސް އިން ވިދާޅުވީ ސުޙެއިލްގެ ސިއްހީ ހާލު ދެރަވުމާ ގުޅިގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ މިހާރު ހަފްތާއެއް ވެފައިވާ ކަމަށެވެ. އޭނާ ނިޔާވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް "ނިއުމޯނިއާ ޖެހިގެން" މިއަދު ހެނދުނު 9:05 ހާއިރު ކަމަށް އެ ސަރވިސްއިން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޙެއިލްއަކީ 2025 ވަނަ އަހަރު ސްޓްރޯކެއް ޖެހި، އެކަމަށް ފަރުވާ ހޯދަމުން އައި މީހެކެވެ. އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވީ އެ ބަލީގެ ސަބަބުން ކަމަށް ބެލެވެއެވެ.

ސުޙެއިލް ނިޔާވުމާ ގުޅިގެން ކަރެކްޝަންސް އިން ވަނީ އެކަން ފުލުހުންނަށާއި، އޭނާގެ އާއިލާއަށް އަންގާފައެވެ. މީގެ އިތުރުން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް މިކަން ވަނީ ރަސްމީކޮށް އަންގާފައެވެ.v

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved