July 11, 2026
Advertisement
އަދުލުވެރި ފަނޑިޔާރުން މިހާރު ނޫޅޭ، އެފަދަ ބަޔަކު އިއްވާ މަރުގެ ހުކުމް ތަންފީޒުކުރަން ހެޔޮ ނުވާނެ: ރައީސް ޔާމީން
އަދުލުވެރި ފަނޑިޔާރުން މިހާރު ނޫޅޭ، އެފަދަ ބަޔަކު އިއްވާ މަރުގެ ހުކުމް ތަންފީޒުކުރަން ހެޔޮ ނުވާނެ: ރައީސް ޔާމީން / ތޭރަ އޮންލައިން

އަދުލުވެރި ފަނޑިޔާރުން މިހާރު ނޫޅޭ، އެފަދަ ބަޔަކު އިއްވާ މަރުގެ ހުކުމް ތަންފީޒުކުރަން ހެޔޮ ނުވާނެ: ރައީސް ޔާމީން

Jul 11, 2026, 01:02 PM
މާލެ ސިޓީ

ދިވެހިރާއްޖޭގައި މިހާރު އަދުލަށް ހުކުމް ކުރާ ފަނޑިޔާރުން ނެތުމާއެކު މަރުގެ ހުކުމްރާއްޖޭގައި ތަންފީޒު ކުރުމާ އެމަނިކުފާނު ދެކޮޅު ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަފުލު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، މީގެ ކުރިން މަރުގެ ހުކުމް ގާއިމުކުރަން ތާއީދުކުރެއްވި ނަމަވެސް، މިހާރު އެކަމާ ދެކޮޅު ކަމަށެވެ. ސަބަބެއްގެ ކަމުގައި ވިދާޅުވި، ރާއްޖޭގައި މިހާރު ތިބި ފަނޑިޔާރުންގެ އަދުލުވެރިކަމެއް ނެތުމުން ކަމާ އެފަދަ ބަޔަކު ލައްވާ މަރުގެ ހުކުމް އިއްވަން ހެޔޮނުވާނެތީ ކމަށްވުމުންނެވެ.

އެމަނިކުފާނުގެ މައްޗަށް ދައުވާކުރި މައްސަލަތަކުގައި ފަނޑިޔާރުންނާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަން ކޮށްފައި ހުރި ގޮތަށް ފާޑުވިދާޅުވެ ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މިއަދު ސުމްރީމު ކޯޓުން ވެސް ބޮޑެތި ގޯސްތައް ހަދަމުންދާ ކަމަށާ އޭގެ އެއް މިސާލަކީ މެމްބަރުންގެ ގޮނޑިއާ މެދު ނިންމި ނިންމުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved