June 6, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ބޮޑުސޯބު އުނބަށްޖަހާ ގޮތަށް ކުޑަ ސޯބުތައްވެސް އެނބުރެނީ: ޑރ ޖަމީލް

Aiminath Sarah
އައިމިނަތް ސާރާ
Jun 6, 2026, 10:59 AM
މާލެ ސިޓީ

ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް، ސަރުކާރުގެ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އަލުން ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމު ދިނުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޕީއެންއެފްގެ ނައިބު ރައީސް ޑރ. ޖަމީލް އަހްމަދުގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Advertisement

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ކެބިނެޓަށް ގެނައި ބަދަލުތަކަކީ ހިންގުން ހަރުދަނާކުރުމަށް ކުރި ކަމެއް ކަމަށް ރައީސް ވިދާޅުވެފައިވާއިރު، މި ބަދަލުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައީސް މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، އިދިކޮޅު ފަރާތްތަކަށް ސަރުކާރުގެ ޕޮލިސީތަކަށް ފާޑުނުކިޔޭތީ ޒާތީވަނީ ކަމަށެވެ.

ނަމަވެސް، ނާޒިމް އަލުން ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަންކުރުމުން ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަނީ ރައީސް މުޢިއްޒަށް "ޕޮލިސީ" އޭ ކިޔާ އެއްޗެއް އެނގިވަޑައިގަންނަވާތޯ ސުވާލު އުފައްދަވާފައެވެ.

މިކަމާ ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ބޮޑުސޯބު އުނބަށްޖަހާ ގޮތަށް ކުޑަ ސޯބުތައްވެސް އެނބުރެނީ" ކަމަށެވެ. އަދި ސަރުކާރުގެ ނިންމުންތަކުގައި އެއްވެސް ހަމައެއްލަމައެއް ނެތްކަން ޑރ ޖަމީލް ވަނީ ފާހަގަކޮށްފައެވެ. މި ބަދަލާއެކު ސަރުކާރުގެ ތެރޭގައި މަގާމުތައް ބަދަލުވަމުންދާ ގޮތާމެދު ސިޔާސީ މައިދާނުގައި މިހާރު ވަނީ ބޮޑު ކަންބޮޑުވުންތައް އުފެދިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved