June 10, 2026
Advertisement
-
-

އީރާނުން ޖޯޑަންގައި ހުރި އެމެރިކާގެ އެއާބޭސްއަކަށް މިސައިލް ހަމަލާތަކެއް ދީފި

Aiminath Sarah
އައިމިނަތް ސާރާ
Jun 10, 2026, 01:59 PM
މާލެ ސިޓީ

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނި ގޮތުގައި އެ ފޯސްގެ އެއަރޮސްޕޭސް ޑިވިޜަނުން ވަނީ ޖޯޑަންގައި ހުންނަ އެމެރިކާގެ އަސްކަރީ މުވައްޒަފުން ގާއިމުވެ ތިބޭ އެއާބޭސްއަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ.

Advertisement

މި ހަމަލާތަކާ ގުޅޭގޮތުން އީރާނުން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މި ހަމަލާގައި އެ ބޭސްގައި ހުރި އެފް-35 މަރުކާގެ ފައިޓަރ ޖެޓްތައް ބަހައްޓާ ހެންގަރުތަކަށާއި، އެ ތަނުގެ މައި ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރަށް ވަނީ ސީދާ އަމާޒުވެފައެވެ. އަދި މި ހަމަލާތަކުގެ ސަބަބުން އެ ތަންތަން މުޅިން ހަލާކުވެފައިވާ ކަމަށްވެސް އައި.އާރު.ޖީ.ސީ އިން ބުނެއެވެ.

މި ހަމަލާއަކީ ސަރަހައްދީ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި، އިސްރާއީލާއި އެމެރިކާގެ އަސްކަރީ ހަރަކާތްތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ބެލެވެއެވެ. އީރާނުން ބުނާ ގޮތުގައި މި ހަމަލާގައި ބޭނުންކޮށްފައިވަނީ އެ ގައުމުން އުފައްދާފައިވާ އެންމެ ޒަމާނީ ފަތަހް (Fattah) މަރުކާގެ ހައިޕަސޮނިކް މިސައިލްތަކެވެ.

ނަމަވެސް، މި ހަމަލާއާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އެމެރިކާގެ ޕެންޓަގަން އިން ނުވަތަ ޖޯޑަންގެ ސަރުކާރުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved