June 14, 2026
Advertisement
-
-

އިންޑިއާގެ އަސްކަރީ ބޯޓެއް ވެއްޓި ޕައިލެޓުން މަރުވެއްޖެ

Aiminath Sarah
އައިމިނަތް ސާރާ
Jun 13, 2026, 10:34 PM
މާލެ ސިޓީ

އިންޑިއާގެ އާސާމްގެ ޖޯރްހަތު އެއާފޯސް ސްޓޭޝަނަށް ޖައްސަން އުޅުމުގެ ތެރޭގައި އެ ގައުމުގެ ވައިގެ ސިފައިންގެ އަސްކަރީ ދަތުރުފަތުރުގެ މަތިންދާބޯޓެއް ވެއްޓި، އޭގައި ތިބި ހުރިހާ ޕައިލެޓުން މަރުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

Advertisement

މި ހާދިސާ ހިނގާފައިވަނީ މަތިންދާބޯޓު ރަންވޭއަށް ތިރިކުރަން އުޅުމުގެ ތެރޭގައި ދިމާވި ފަންނީ މައްސަލަތަކެއްގެ ސަބަބުން ކަމަށް ބެލެވެއެވެ. މި ބޯޓު ވެއްޓުނު ސަރަހައްދުގައި މިހާރު ދަނީ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުންނެވެ.

މިދިޔަ އަހަރު އިންޑިއާގެ ވައިގެ ސިފައިން ބޭނުންކުރާ ރަފަލް މަތިންދާބޯޓެއް ގެއްލުނު ހާދިސާއަށްފަހު، މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް އިންޑިއަން އެއާ ފޯސް (އައިއޭއެފް) ގައި އާންމުވަމުންދާ ކަމަށް އަސްކަރީ ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ވައިގެ ސިފައިން މިހާރު ވަނީ ތަހުގީގެއް ފަށާފައެވެ. އަދި ބޯޓު ވެއްޓެން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށް ބްލެކް ބޮކްސް ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އިންޑިއާގެ އަސްކަރިއްޔާގައި ބޭނުންކުރާ ބައެއް ބޯޓުތަކަކީ ބޯދާވެފައިވާ ބޯޓުތަކަކަށް ވުމުން، މިފަދަ ހާދިސާތައް އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުން އެ ގައުމުގެ އާންމުންގެ މެދުގައި ވަނީ ބޮޑުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved