March 23, 2026
Advertisement
މުހައްމަދު މަލީހު ޖަމާލު
މުހައްމަދު މަލީހު ޖަމާލު / ތޭރަ އޮންލައިން

މި ސަރުކާރު އައި ފަހުން ޕީއެސްއައިޕީއަށް ކުރާ ޚަރަދު 63 އިން ސައްތަ ވަނީ ދަށަށް ގޮސްފައި: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 21, 2024, 12:32 AM
މާލެ ސިޓީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު އައި ފަހުން ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދު ވަނީ 60 އިން ސައްތަ ދަށަށް ގޮސްފައި ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އުފެއްދެވުމުގައި އިސްކޮށް ހަރަކަތްތެރިވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ، ޕީއެންއެފުން ބާއްވަމުން ގެންދާ ޖަގަހަ ޖަލްސާތަކުގެ ތެރެއިން އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މަލީހު ވިދާޅުވީ، އިންތިހާބަކީ ރައްޔިތުންނާ ކެންޑިޑޭޓާ ދެމެދުވެވޭ އެގްރިމަންޓެއް ކަމަށާ އެ އެގްރިމަންޓުގައި ހިމެނޭ އެއްބަސްވުމުގެ ބައިތަކަކީ ވެވޭ ވައުދުތައް ކަމަށެވެ. އެހެންކަމުން ދެވަނަ އިންތިހާބަކަށް މިސްރާބު ޖަހަން ވާނީ ފުރަތަމަ އިންތިހާބުގައި ވީ ވައުދުން ބައި ކުޅަ ބައި ނަމަހީވެސް ފުއްދާކަމަށް ވީހިނދު މި ސަރުކާރުން ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް އެންމެ ބޮޑަށް ވީ އެއް ވައުދުކަމުގައިވާ ތަރައްގީއާ ގުޅުން ހުރި ވައުދުތައް އޮތީ ޕާކުކޮށްފައި ކަމަށް މަލީހު ވިދާޅުވިއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޕީއެސްއައިޕީގެ ޕްރޮޖެކުޓުތަކަށް ކުރާ ހޭދަ ވަނީ 63 އިން ސައްތަ ދަށަސް ގޮސްފައި. ރަސް ރަށުގައި ކުރިއަށް ގޮސް ގޮސް ހުރި ގިނަ ޕްރޮޖެކުޓުތައް ވަނީ ހުއްޓާލާފައި. ނަމަވެސް ރިކަރަންތޫ ހަރަދަށް އިތުރުވެފައި. މިއީ އިގްތިސޯދަށް ރަގަޅު ފާލަކަށް ނުވާނެ. އޮޅި ޖަހާފައި ބޭރު ކަރަކަރަށް ކުރި ދަތުރުތަކުންވެސް ނެތް ގައުމަށް ވީ ފައިދާއެއް.

މަލީހު

މަލީހުވަނީ ސަރުކާރުން ވެފައިވާ ވައުދުތައް އެފަދަ ގޮތަކަށް ހުއްޓާލާފައިވާއިރު ސަރުކާރު ކެންޑިޑޭޓުންގެ ގޮތުގައި ޕްރޮމޯޓުކުރާ ފަރާތްތަކަށް މަޖިލިސް ދީފި ނަމަވެސް ހަމަ އޮންނާނީ އެ ގޮތުގައި ކަމަށްެ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved