June 19, 2026
Advertisement
ތިން ރައީސުންގެ މަސައްކަތުގެ އަދާހަމަ: އިތުރު ބައްދަވުމެއް ބާއްވާ، މިހާރު ރާއްޖޭގައި އޮތް ސިޔާސީ ހާލަތާ ދެކޮޅަށް، ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފި
ތިން ރައީސުންގެ މަސައްކަތުގެ އަދާހަމަ: އިތުރު ބައްދަވުމެއް ބާއްވާ، މިހާރު ރާއްޖޭގައި އޮތް ސިޔާސީ ހާލަތާ ދެކޮޅަށް، ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފި / ތޭރަގްރެފިކްސް

ތިން ރައީސުންގެ މަސައްކަތުގެ އަދާހަމަ: އިތުރު ބައްދަވުމެއް ބާއްވާ، މިހާރު ރާއްޖޭގައި އޮތް ސިޔާސީ ހާލަތާ ދެކޮޅަށް، ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފި

Jun 18, 2026, 01:51 PM
މާލެ ސިޓީ

ގައުމުގެ ކަންކަން ހަމަމަގަށް އަޅުވަން ކުރީގެ ތިން ރައީސުން ކަމުގައިވާ ރައީސް އަބްދުﷲ ޔާމީނާ، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ކުރައްވަން ފެއްޓެވި މަސައްކަތުގެ ތެރެއިން ތިން ރައީސުންގެ މަންދޫބުން އިތުރު ބައްދަލުވުމެއް ބާއްވައިފިއެވެ.

Advertisement

ތިން ރައީސުންގެ މަސައްކަތުގެ އަދާހަމަ ދެއްވަމުން މީޑިޔާ ކޯޑީނޭޓަރ އަހުމަދު މުހައްމަދު ވިދާޅުވެފައިވަނީ، މިދިޔަ އަންގާރަ ދުވަހު ތިން ރައީސުންގެ މަންދޫބުންގެ މެދުގައި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ސަރުކާރު ޒިންމާދާރުކުރުވުމާ ގުޅޭގޮތުންނާއި، މިހާރު ރާއްޖޭގައި އޮތް ސިޔާސީ ހާލަތާ ދެކޮޅަށް ގުޅިގެން، މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަމުންދާ އައު ބަދަލުތަކާއެކު، ސަރުކާރު ހަމަމަގަށް އެޅުވުމަށާއި ގައުމުގެ މިސްރާބު ރަނގަޅު މިސްރާބަކަށް ގެންދިއުމަށްޓަކައި އިދިކޮޅު ސިޔާސީ ލީޑަރުން ގުޅިގެން ކުރައްވާ މަސައްކަތްތައް މިވަނީ އިތުރަށް ހަލުވިކޮށްފައެވެ.

މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު ކުރީގެ ތިން ރައީސުން ބައްދަލުކުރައްވައި އެކުގައި މަސައްކަތްކުރައްވަން ނިންމެވި ނިންމެވުމުގެ ދަށުން އުފެއްދެވި ހަ މެންބަރުންގެ ހާއްސަ ކޮމިޓީގައި ކޮންމެ ރައީސެއްގެ ފަރާތްޕުޅުން ދެ މަންދޫބުން ތަމްސީލުކުރައްވައެވެ.

އެގޮތުން ރައީސް ނަޝީދުގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ފައްޔާޒް އިސްމާއީލް ބައިވެރިވެވަޑައިގަންނަވާއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން ތިއްބަވަނީ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލާއި މާލީ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދެވެ. އަދި ރައީސް ސޯލިހްގެ ފަރާތްޕުޅުން މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ސަލީމާއި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ކުރީގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

މެއި މަހުގެ 18 ވަނަ ދުވަހު ބޭއްވި މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށްފަހު، ނޫސްވެރިންނާ ވާހަކަދައްކަވަމުން ފައްޔާޒް އިސްމާއީލް ވިދާޅުވެފައިވަނީ، މި ކޮމިޓީގެ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށްދާނެ ކަމަށާއި، ކޮންމެ ދުވަހެއްގެ އަދާހަމަ މައުލޫމާތު ނޫސްވެރިންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ. އަދި ގައުމުގެ މިހާރުގެ ހާލަތަށް ބަލާއިރު ތިން ލީޑަރުން ގުޅިގެން ނެރެވޭނެ ނަތީޖާއާ މެދު ބޮޑު އުންމީދެއް އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved