June 20, 2026
Advertisement
އަތޮޅު ކައުންސިލްތަކުން ދެމުން އައި ބައެއް ހިދުމަތްތަކާ މެދު ގާނޫނީ ސުވާލު އުފެދި ހިދުމަތްތައް ހުއްޓާލައިފި
އަތޮޅު ކައުންސިލްތަކުން ދެމުން އައި ބައެއް ހިދުމަތްތަކާ މެދު ގާނޫނީ ސުވާލު އުފެދި ހިދުމަތްތައް ހުއްޓާލައިފި / ރައީސް އޮފިސް

އަތޮޅު ކައުންސިލްތަކުން ދެމުން އައި ބައެއް ހިދުމަތްތަކާ މެދު ގާނޫނީ ސުވާލު އުފެދި ހިދުމަތްތައް ހުއްޓާލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jun 19, 2026, 05:17 PM
މާލެ ސިޓީ

އަތޮޅު ކައުންސިލްތައް އުވާލުމުން އެ ކައުންސިލްތަކުން ދެމުން އައި ބައެއް ހިދުމަތްތަކާ މެދު ގާނޫނީ ސުވާލު އުފެދި ހިދުމަތްތައް ހުއްޓާލައިފިއެވެ.

Advertisement

ފީ ނަގައިގެން އަތޮޅު ކައުންސިލްތަކުން ދެމުން ދިޔަ ހިދުމަތްތައް، އެ ކައުންސިލްތައް އުވާލުމާ ގުޅިގެން ގާނޫނީ ގޮތުން އުފެދިފައިވާ ސުވާލުތަކާ ގުޅިގެން ހުއްޓުން އެރިއިރު، ހުއްޓާލަން ޖެހުނު ހިދުމަތްތަކުގެ ތެރޭގައި މުހިއްމު ކަންކަން ހިމެނެއެވެ.

އެގޮތުން އުޅަނދުތަކުގެ ލައިސެންސް ހެއްދުމާއި އަހަރީ ފީތައް އަދި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގެ ހިދުމަތްތައް ފަދަ ހިދުމަތްތައް ފޯރުކޮށްދިނުން މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަތޮޅު އޮފީސްތަކުން ވަނީ ޓްރާންސްޕޯޓުގެ ހިދުމަތްތައް  ބުރާސްފަތި ދުވަހުން ފެށިގެން ހުއްޓާލިކަން އިއުލާންކޮށްފައެވެ.

ފީ ނަގައިގެން ހިދުމަތް ދިނުމުގެ ބާރު ގާނޫނުގެ ދަށުން ކައުންސިލްތަކަށް އޮންނަ ނަމަވެސް އެ ބާރެއް އެލްޖީއޭއަކަށް ނޯވެއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު، މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ވަނީ އަތޮޅު ކައުންސިލްތައް އުވާލައި، އަދި އެ ތަންތަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އަތޮޅު އޮފީހަށް ބަދަލުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved