އިންޑިއާ މަނަވަރުތަކަކުން ދިވެހި މަސްވެރިންތަކެއްގެ ދޯނިތަކަށް އެރި މައްސަލައިގައި ޑިފެންސް މިނިސްޓްރީއާ ސަރުކާރުން ތަފްސީލު ހާމަނުކުރާތީ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޕީއެންއެފުން މަޖިލިހަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކޮށް ސުވާލާ ޖަވާބު އުސޫލުން ދަ ފްރޮންޓު އޮފީހުގައި ކުރިއަށް ގެންދާ ޖަލްސާތަކުގެ ތެރެއިން އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނި މި ސަރުކާރުގައިވެސް އިންޑިއާގެ ނުފޫޒު އޮތްކަން ހާމަވަމުން ދާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން އިންޑިއާ އައުޓު ގަރާރުވެސް ބާތިލުކުރަން ސަރުކާރަށް ނުކެރި އެ މައްސަލަ ކޯޓުގައިވެސް ޕަކުކޮށްފައި އޮތް އޮތުން ނިމުމަކަށް ނުގެންނާތީވެސް ރައީސް ޔާމީން ވަނި ފާޑުވިދާޅުވެފައެވެ.
މީގެ އިތުރުން ދިވެހި މަސް ކަނޑުތަކަށް އިންޑިއާ މަނަވަރުތަކުން ވަތް މައްސަލައިގައި ދިވެހި ދައުލަތް ހަނު އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ، އިންޑިއާއަށް ފުރައްސާރަކުރި ކަމަށް ބުނެ ދިވެހި ދެ ޑެޕިއުޓީ މިނިސްޓަރަކަށް ފިޔަވަޅު އަޅަން އިންޑިއާއަށް އެންެގުނު ގޮތަށް ދިވެހިރާއްޖެއިން ެވސް މަސް ދޯނިތަކަށް އިންޑިއާ ސިފައިން ހަތިޔާރާ އެކު އެރި މައްސަލައިގައި ޖަވާބުދާރީ ކުރުވެން ޖެހޭނެ ކަމަށް ވެސް ވަނީ ރައީސް ޔާމީން ވިދާޅުވިއެވެ
އަދި އަދަށް ވެސް އެކަމުގެ ތަފްސީލެއް ނުދެއްވޭ. އިންޑިއާ މަނަވަރުތަކެއް ރާއްޖޭގެ އެތެރވަރީގައި ކުރީ ކޮންކަމެއްތޯއާ އެތެރވަރިއަށް ވަނި ޚިއްކުރަންތޯ އަހާ ޖަވާބުދާރީ ކުރުވެން ޖެހޭނެ. އެކަމަކު ޑިފެންސާ ސަރުކާރުވެސް ހަނު.
ރައީސް ޔާމީން ވިދާޅުވީ، އިންޑިއާގެ ނުފޫޒުން ގައުމު ސަލާމަތް ކުރަން އަިދވެސް ނުކުންނަން ޖެހިފައިކަމަށާ އެކަން ނިންމަން ގެނައި ސަރުކާރުން އިހުމާލުވަމުންދާކަމަށް ވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.