July 5, 2026
Advertisement
ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތްކުރައްވާ ފާއިޒުއަށް ސިޔާސީ ދައުވާއެއް ކޮށްފި
ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތްކުރައްވާ ފާއިޒުއަށް ސިޔާސީ ދައުވާއެއް ކޮށްފި / ތޭރަ އޮންލައިން

ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތްކުރައްވާ ފާއިޒުއަށް ސިޔާސީ ދައުވާއެއް ކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 5, 2026, 06:51 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ގްރޮންޓު (ޕީއެންއެފް9ގެ އިސް ސަފުގައި މަސައްކަތް ކުރައްވާ އަހުމަދު ފާއިޒުއަށް ސިޔާސީ ދައުވާއެއް ކޮށްފިއެވެ.

Advertisement

ތިމަން މަނިކުފާނަށް ފާޑުކިޔާ އަދި ކިތަންމެ ދޮގު ވާހަކަތަކެއް ދެއްކި ނަމަވެސް އެއްވެސް ފަރުވާލެއް ނެތް ކަމަށާ ސިޔާސީ ގޮތުން މީހަކާ މެދު ކުރާނެ ދައުވާއެއް ނޯންނާނެ ކަމަށް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ފާއިޒު ފްރޭމުކޮށް ދައުވާ އުފުލާފައިވަނީ، އާންމު ތަނެއްގައި މުސްލިމަކާ މެދު އެމީހަކީ، ކާފަރެއްގެ ގޮތުގައި، ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުައި ތުހުމަތުކުރުން ނުވަތަ ސިފަކުރުމުގެ ދައުވާ އެވެ.

ފާއިޒުގެ މައްޗަށް ޕީޖީއިން އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑު އެހުން 6 ޖުލައި 2026 ވަ ހޯމަ ދުވަހުގެ ހެނދުނު 8:30 އަށް ވަނީ ތާވަލްކޮށްފައެވެ. އަޑު އެހން އޮންނާނީ ކުރިމިނަލް ކޯޓުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފާއިޒުގެ މައްޗަށް ދައުވާ އުފުލީ ރައީސް މުއިއްޒަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް ފާއިޒު އާންމުތަނެއްގައި ބުނެފައިވާ ކަމަށް ތުހުމަތުކޮށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved