July 6, 2026
Advertisement
ޑީބީއެމްއަކީ ކަރުދާހުގައި އޮތް ޚިޔާލީ ތަސައްވުރެއް: ޑރ ޖަމީލު
ޑީބީއެމްއަކީ ކަރުދާހުގައި އޮތް ޚިޔާލީ ތަސައްވުރެއް: ޑރ ޖަމީލު / މޯލްޑިވްސް ފައިނޭންޝަލް ރިވިއު

ޑީބީއެމްއަކީ ކަރުދާހުގައި އޮތް ޚިޔާލީ ތަސައްވުރެއް: ޑރ ޖަމީލު

Jul 5, 2026, 07:47 PM
މާލެ ސިޓީ

މޯލްޑިވްސް ޑިވެލޮޕްމަންޓު ބޭންކަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ "ޚިޔާލީ ތަސައްވުރެއް" ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އެ ބޭންކުގެ ޗެއަރޕާސަން ވެސް މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ ޖަމީލު ވަނީ، ޑީބީއެމްއަކީ ހަމައެކަނި ކަރުދާހުގައި އޮތް "ޚިޔާލީ" ތަނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން އެހެން ކިޔާ ބޭންކެއް އެބަހުރި ތޯ އައްސަވާ ސުވާލެއް ކުރައްވާ ޑރ ޖަމީލު ވަނީ އެއީ ޚިޔާލީ ގޮތުން ރެޖިސްޓަރީ ކޮށްފައި ކަރުދާހުގައި އޮތް ތަޞައްވުރެއް ގެ ގޮތުގައި ސިފަކުރައްވާފައެވެ.

ހަމައެހެންމެ އެމަނިކުފާނު ވަނީ، ދައުލަތުގެ އިމާރާތެއް އެއްވެސް ކަމެއް ނުކޮށް ހުހަށް ބަހައްޓައިގެން ރައްޔިތުންގެ ފައިސާ ބޭކާރު ކުރަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގައި މި ބޭންކު އިފުތިތާހުކޮށް، މިއަހަރުގެ ޖެނުއަރީ މަހު ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިވީ ނަމަވެސް، މިހާތަނަށް އަމަލީ ގޮތުން އެއްވެސް ޚިދުމަތެއް ފެށިފައި ނުވާ އެ ބޭންކުގެ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުންތަކެއް ވަނީ އިސްތިއުފާ ދީފައެވެ. 

ޑީބީއެމްއަށް ފުރަތަމަ އަހަރު 2.3 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އޮޑިޓް ރިޕޯޓަކުން ވަނީ ދައްކާފައެވެ. ޑިވެލޮޕްމަންޓު ބޭންކު އިފުތިތާހުކުރީ ނޮވެންބަރު 16، 2024 ގައެވެ.

ޑީބީއެމް އުފެއްދިތާ އަހަރެއްހާ ދުވަސްފަހުން އެ ބޭންކަށް ވިޔަފާރި ފެށުމުގެ ހުއްދަ ދިނީ މި އަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ. ނަމަވެސް އެ ފަހުން ވެސް އެ ބޭންކުގެ ޚިދުމަތްތައް އަދިވެސް ފެށިފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved