March 23, 2026
Advertisement
ޕީއެންފް ގެ ފަރާތުން މަޖިލާހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަންއާއި ހުށައެޅުން
ޕީއެންފް ގެ ފަރާތުން މަޖިލާހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަންއާއި ހުށައެޅުން / މިސްބާހް | ތޭރަ އިމޭޖްސް

ވޯޓު ކަރުދާހުގައި ޕީއެންއެފްގެ ލޯގޯ ޖަހައިދޭން އެދިއްޖެ

Aishath Naja
އައިޝަތު ނަޖާ
Mar 22, 2024, 06:17 PM
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދާއެކު ވާދަކުރުމަށް ނަން ހުށަހެޅުއްވި ކެންޑިޑޭޓުންގެ ވޯޓު ކަރުދާހުގައި އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ޕީއެންއެފްގެ ލޯގޯ ޖަހައިދިނުމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެއެވެ.

Advertisement

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ އެއް ފަރާތްކަމަށްވާ މުހައްމަދު މަލީހު ޖަމާލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިލެކްޝަނުގެ ބޭފުޅުންނާ އިއްޔެ ބައްދަލު ކުރެއްވި ކަމަށާއި ރައީސް ޔާމީންގެ ތާއީދާއެކު ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް ޕީއެންއެފްގެ ކުލައާއި ލޯގޯ ބޭނުން ނުކުރެވޭ ގޮތަށް އިލެކްޝަނުން ނިންމި ނިންމުން ބަދަލު ކޮށްދިނުމަށް އެ ބައްދަލުވުމުގައި އެދިފައިވާނެ ކަމަށެެވެ.

ރައީސް ޔާމީންގެ ތާއީދާއެކު މަޖިލީހަށް ވާދަކުރައްވާ މެންބަރުންގެ ވޯޓު ކަރުދާހުގައި ޕީއެންއެފްގެ ލޯގޯ ޖެހުމަށް މީގެ ކުރިން ވެސް އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވަނީ އީސީގައި އެދިފައެވެ.

ނިމިދިޔަ މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި އަމިއްލަ ގޮތުން މޭޔަރ ކަމަށް ވާދަކުރެއްވި ކެންޑިޑޭޓްގެ ކުލަ އަކާއި ލޯގޯ އެއް ޖެހުމުގެ ހުއްދަ އީސީން ދީފައި މިފަހަރު ޕީއެންެއެފް ކެންޑިޑޭޓުންނަށް އެގޮތައް އެ ހުއްދަ ނުދެއްވާތީ ގިނަ ބަޔަކު އަންނަނީ އީސީ އަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރައީސް ޔާމީންގެ ތާއީދާއެކު 40 ދާއިރާއަކަށް ވާދަ ކުރުމަށް ކެންޑިޑޭޓުން ވަނީ ފޯމު ހުށަހަޅައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved