July 15, 2026
Advertisement
-
- / ތޭރަ އޮންލައިން

ޝުޖާއުއަކީ މިވަގުތު ސިޔާސީ މައިދާނަށް އަޅާފައިވާ ކަތުރުފަންޏެއް: މަލީހް

Aiminath Sarah
އައިމިނަތް ސާރާ
Jul 14, 2026, 05:40 PM
މާލެ ސިޓީ

އިބްރާހީމް ޝުޖާއަކީ ގައުމުގެ ސިޔާސީ މައިދާނަށް މިވަގުތު އަޅާފައިވާ "ކަތުރުފަންޏެއް" ކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ސިފަކުރައްވައިފިއެވެ.

Advertisement

މަލީހް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ޝުޖާއު އަށް އެންމެ ރުފިޔާއެއް ދިއްކޮށްލިޔަސް އޭނާ އެ މީހަކަށް އަޅުކަން ކުރާނެ ކަމަށެވެ. އަދި މިއީ މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަމުންދާ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށް މަލީހް ވިދާޅުވިއެވެ.

ޝުޖާއު މިހާރު އަމަލުކުރަމުންދާ ގޮތަށް ފާޑުވިދާޅުވަމުން މަލީހް އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އަތުން މިހާރު ބޮޑު އެއްޗެއް (މަންފާއެއް) ލިބެމުންދާތީ، ޝުޖާގެ ކުރިމަތީގައި ރައީސް މުއިއްޒަކީ "ޔޫރަޕްގެ ދޮން މީހަކަށް" ވެފައިވާ ކަމަށެވެ. މަލީހް މި މޭރުމުން ވާހަކަދެއްކެވީ ޝުޖާއަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެންނެވެ.

މަލީހް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ޝުޖާއުގެ ކޮރަޕްޝަންގެ ސީރިއަސް މައްސަލަތަކެއް އާންމުވެފައިވީ ނަމަވެސް، ސަރުކާރުގެ ފަރާތުން އެއްވެސް މައްސަލައެއް ބަލަމުން ނުދެއެވެ. މިކަމަކީ ސަރުކާރުގެ ތެރޭގައި ހިންގާ ނޭދެވޭ އަމަލުތަކަށް ދެވޭ ހިތްވަރެއްގެ ގޮތުގައި މަލީހް ވަނީ ސިފަކުރައްވާފައެވެ.

މި ސަރުކާރު އައިފަހުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ބުނި ނަމަވެސް، އަމިއްލަ ޕާޓީގެ އިސް މީހުންނަށް ކުރެވޭ ތުހުމަތުތަކަށް ރައީސް މުއިއްޒުގެ ސަރުކާރުން ހަނު އޮތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް މަލީހްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved