July 21, 2026
Advertisement
ރާއްޖޭން ބޭރަށް ކުރާ ދަތުރުފަތުރުގެ އަގު އުފުލިއްޖެ
ރާއްޖޭން ބޭރަށް ކުރާ ދަތުރުފަތުރުގެ އަގު އުފުލިއްޖެ / ސޯޝަލް މީޑިއާ

ރާއްޖޭން ބޭރަށް ކުރާ ދަތުރުފަތުރުގެ އަގު އުފުލިއްޖެ

Jul 21, 2026, 02:47 PM
މާލެ ސިޓީ

ރާއްޖޭން ބޭރަށް ކުރާ ވައިގެ ދަތުރުފަތުރުގެ އަގު އުފުލިއްޖެއެވެ.

Advertisement

ރާއްޖެއިން ބައިނަލްއަގްވަމީ މައިދާނުގައި ކުރަ ފަތުރުފަތުރުގެ އަގު ވނީ 9.35 ޕަސެންޓް އުފުލިފައެވެ. 

ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ، ގޭބިސީތަކުގެ ހަރަދަށް އަންނަ ބަދަލުތައް ދައްކުވައިދޭ ސީޕީއައި (ކޮންސިއުމާ ޕްރައިސް އިންޑެކްސް) ގެ މެއި މަހުގެ ރިޕޯޓަށް ބަލާއިރު، މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު މި އަހަރުގެ މެއި މަހު، ސީޕީއައިގައި ހިމެނޭ ހުރިހާ ގުރޫޕެއްގެ އަގުތައް ވަނީ ޖުމްލަކޮށް 2.54 ޕަސެންޓް އުފުލިފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު މަތިވުމެއް ފެނުނީ ދަތުރުފަތުރުގެ ދާއިރާއިން ކަމަށް ވާއިރު، މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު 9.35 ޕަސެންޓް އަދި މި އަހަރުގެ އޭޕްރިލް މަހާ އަޅައިބަލާއިރު 1.12 ޕަސެންޓްގެ އިތުރުވުމެއް މި ބައިން ފާހަގަކުރެވުނެވެ.

ބޭރުގެ ވައިގެ ދަތުރުފަތުރުގެ އަގު 17.75 ޕަސެންޓް އުފުލުމާއި، ކަނޑު ދަތުރުފަތުރުގެ އަގު 1.08 ޕަސެންޓް މަތިވުމަކީ މި ބަދަލު އައުމުގެ މައިގަނޑު ސަބަބެވެ.

އަސާސީ ތަކެތީގެ އަގުތައް ވެސް މިދިޔަ މެއި މަހު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު އަސާސީ ތަކެތީގެ އަގު 6.63 ޕަސެންޓް މަތިވިއިރު، އެންމެ ބޮޑު ބަދަލެއް އައީ ގޭހާއި ތެލުގެ ބާވަތްތަކަށެވެ. އެ ބާވަތްތަކުން 19.9 ޕަސެންޓްގެ ބޮޑު އިތުރުވުމެއް ފެނުނުއިރު، ކާނާގެ ބާވަތްތަކުގެ އަގު 6.51 ޕަސެންޓް އަދި ބުއިމުގެ ބާވަތްތަކުގެ އަގު ވަނީ 5.15 ޕަސެންޓް އުފުލިފަ އެވެ.

މިގޮތަށް ތަކެތީގެ އަގުތައް މަތިވަމުން ދަނީ ރާއްޖޭގެ މާލީ ހާލަތަށާއި ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެންނެވެ.

ރާއްޖޭން މި އަހަރު 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭއިރު، މިދިޔަ އޭޕްރިލް މަހު އެކަނި ވެސް 524.68 މިލިއަން އެމެރިކާ ޑޮލަރުގެ ދަރަންޏެއް ވަނީ ދައްކައިފަ އެވެ. މި ބޮޑު ދަރަނި ދެއްކުމާ ގުޅިގެން ބޭރު ފައިސާގެ ތާށިކަން ކުރިމަތިވެ، ތަކެތީގެ އަގު އުފުލޭނެ ކަމަށް ވޯލްޑް ބޭންކުން ކުރިން ވެސް އޮތީ ލަފާކޮށްފަ އެވެ. މީގެ އިތުރުން، ފެބުރުވަރީ 28 ގައި ފެށުނު އީރާން ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރައި، ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ރޫޓްތައް ބަންދުވުމުން ފަތުރުވެރިކަން ދަށްވެ، ރާއްޖޭގެ އާމްދަނީއަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved