February 20, 2026
Advertisement
ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު
ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު / ދަ އެޑިޝަން

ސިއްހީ މައްސަލައަކާ ގުޅިގެން އިމާމްވެ ތަރާވީޙު ނަމާދުކުރުން މިނިސްޓަރު ހުއްޓާލައްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 23, 2024, 08:04 PM
މާލެ ސިޓީ

ދިމާވި ސިއްހީ ކުއްލި މައްސަލައަކާ ގުޅިގެން އިމާމްވެ ތަރާވީޙު ނަމާދުކުރުން އިސްލާމިކު މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ހުއްޓާލައްވައިފިއެވެ.

Advertisement

އަމިއްލަ ފޭސްބުކު ޕޭޖުގައި ހިއްސާ ކުރެއްވި މައުލޫމާތުގައި ޑރ. ޝަހީމު ވިދާޅުވެފައިވަނީ، ދިމާވި ސިއްހީ ސަބަބަކާ ގުޅިގެން ގިނައިރު ކޮޅަށް ހުންނަން ދަތިވުމާ ގުޅިގެން ތަރާވީހު ނަމާދުކުރުން މެދުކަނޑާލަން ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށެވެ.

ޝަހީމް ވަނީ މިކަމާ ގުޅިގެން ވަރަށް އަވަހަށް ސާޖަރީއަކަށް ވަޑައިގަންނަވަން ޖެހިފައިވާކަން ވެސް ހާމަކުރައްވައިފައެވެ. އަދި ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އިމާމުކަމަށް އައުމަށް ނުހަނު އުންމީދުކުރައްވާކަމަށްވެސް ވިދާޅުވެފައިވެއެވެ. ހުރިހާ ފަރާތްތަކުގެ ހެޔޮ ދުއާއަށްވެސް ޑރ. ޝަހީމުވަނީ އެދިވަޑައިގެންފައެވެ ނަމަވެސް މެދުވެރިވީ ކޮން ސިއްހީ ސަބަބެއް ކަމަށް ވިދާޅުވެއްނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved