March 19, 2026
Advertisement
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް / ގެޓީ އިމޭޖަސް

ޙައްޖު އަދާކުރުމަށް ހޮވިފައިވާ ފަރާތްތަކުގެ ލިސްޓު އާންމު ކުރަން ނިންމައިފި

Sudha Latheef
ސުދާ ލަތީފް
Aug 12, 2025, 08:14 PM
މާލެ ސިޓީ

ޙައްޖު އަދާކުރުމަށް ހޮވިފައިވާ ފަރާތްތަކުގެ ލިސްޓު އާންމު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ.ޝަހީމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވުމްނެވެ.

ޑރ ޝަހީމް ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ މަސައްކަތްތައް ދެ ފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ކަަމަށެވެ.

ހައްޖަށްދާން ޖާގަ މީހުންގެ ލިސްޓު އާއްމު ކުރާނީ ކޮން އިރަކު ކަމެއް ވަޒީރު ހާމައެއް ނުކުރައްވައެވެ.

މީގެ އިތުރުން ހައްޖު ކޯޕަރޭޝަންގެ ކޯޓުގައި އޮޅުވާލައިގެން ނުވަތަ ކިއު އަށް ނުބަލާ މީހުން ގެންދާ ކަަމަށް ދެކެވޭ ވާހަކަތައް ވެސް މިނިސްޓަރ ވަނީ ދޮގުކުރައްވާފައެވެ.

މީގެއިތުރުން ހައްޖަށް ދިއުމުގެ އަގު ކުޑަކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. އެގޮތުން އައުގާފް އިމާރާތްތައް ނިމުމުން އެ ތަނުން ލިބޭ ފައިސާގެ ތެރެއިން ބައެއް ހައްޖުގެ އަޅުމަކަށް ދިވެހިން ފޮނުވުމަށް ހަމަޖައްސާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. ޝަހީމް ވަނީ އެކަމަށްޓަކާ އެކުލަވާލަ ޤާނޫނުތައް ހަދާ އެއަށް އަމަލުކުރަން ފަށަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved