March 19, 2026
Advertisement
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / ރައީސް އޮފިސް

ތަކުރާރުކޮށް ބުނަން އަޅުގަޑުގެ ދަރިއަކު ނުހުންނާނެ މެލޭޝިއާ އެމްބަސީގެ ވަޒީފާގައި: ޑރ ޝަހީމު

Aug 16, 2025, 12:51 AM
މާލެ ސިޓީ

އިސްލާމިކު މިނިސްޓަރު ޑރ މުހައްމަދު ޝަހީމު އަލީ ސައީދުގެ ދަރިފުޅަކު މެލޭޝިއާ އެމްބަސީގައި ވަޒީފާގައި ހުންނަކަމަށް ބުނާ ބުނުން އެމަނިކުފާނު ތަކުރާރުކޮށް ދޮގުކުރައްވައިފިއެވެ.

Advertisement

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޑރ ޝަހީމު ވަނީ ރާއްޖޭގެ ބައެއް ނޫސްތަކުގައި އެމަނިކުފާނުގެ ދޮށީ ދަރިކަލުންނާ ގުޅުވާ ލިޔެފައިވާ ލިޔުންތަކަކަށް އިޝާރާތްކުރައްވާ އެމަނިކުފާނުގެ ދަރިކަލުން މެލޭޝިއާ އެމްބަސީގެ ވަޒީފާއެއްގައި ހުންނަ ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވާފައެވެ.

ޑރ ޝަހީމު ވިދާޅުވެފައިވަނީ، ރާއްޖޭގެ ބައެއް ނޫސްތަކުގައި އެމަނިކުފާނުގެ ދަރިއަކު މެލޭޝިއާގެ އެމްބަސީގައި ވަޒީފާގައި ހުންނަ ކަމަށް ބުނެފައިވާ ބުނުން ތަކުރާރުކޮށް ދޮގުކުރައްވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved