April 15, 2026
Advertisement
ފަތުރުވެރިން ރާއްޖޭގެ ރަށެއްގައި
ފަތުރުވެރިން ރާއްޖޭގެ ރަށެއްގައި / ގޫގުލް

ރާއްޖެ ޒިޔާރަތް ކުރާ އިސްރާއީލް ފަތުރުވެރިންގެ އަދަދު ބޮޑު ތަނުން ދަށަށް

Aishath Naja
އައިޝަތު ނަޖާ
Jan 13, 2024, 01:21 AM
މާލެ ސިޓީ

އިސްރާއީލާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތާ ދެމެދު ހަނގުރާމަ ފެށި ފަހުން ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ދަށްވެފައިވާކަމަށް ހާމަވެއްޖެއެވެ.


އިމިގްރޭޝަނުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހުގައި އިސްރާއީލުގެ ފަތުރުވެރިންގެ އަދަދު ވަނީ އެތައް ގުނައެއް ދަށަށް ގޮސްފައެވެ.

މީގެ ސަބަބެއް ކަމަށް ބެލެވެނީ އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލު އާންމާއި ދެކޮޅަށް ރާއްޖެއިން އަޑު އުފުލަމުން ގެންދިއުމެވެ. އިސްރާއީލް އާ ދެކޮޅަށް އެކިއެކި ހަރަކާތްތައް ހިންގަމުންދާތީ މީގެކުރިން އިސްރާއީލުން ވަނީ ރާއްޖެ އަށް ދަތުރު ނުކުރުމަށް އިސްރާއިލްގެ ރައްޔިތުންނަށް އަންގާފައެވެ.

އިސްރާއީލުން މިގޮތަށް ހާމަކޮށްފައިވާއިރު މިދިޔަ މަހު ރާއްޖެ އަށް ޒިޔާރަތް ކުރީ އިސްރާއީލްގެ އެންމެ 34 ފަތުރުވެރިންކަންވެސް ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި އިސްރާއީލުގެ ފަތުރުވެރިންގެ އަދަދަށް ބަލާއިރު ޖެނުއަރީ މަހު 1،028،ފެބްރުއަރީ - 896، މާޗު - 1،269،އެޕްރީލް - 1،451،މެއި - 736،ޖޫން - 621،ޖުލައި - 985،އޮގަސްޓު - 1،600،ސެޕްޓެމްބަރު - 1،776،އޮކްޓޯބަރު - 518،ނޮވެމްބަރު - 54،ޑިސެމްބަރު - 34 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އެ އަދަދުތަކަށް ބަލާއިރު މިދިޔަ އަހަރު އިސްރާއީލްގެ 10،968 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.

އިސްރާއިލްގެ ފަތުރުވެރިން އައުން ހުއްޓާލުވުމަށް ގޮވާލާ ރާއްޖޭގައި "ބޭން އިސްރާއިލް ޕާސްޕޯޓް" ގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިވެސް ވަނީ ކޮށްފައެވެ.

Advertisement


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved