March 19, 2026
Advertisement
ބެޑްމިންޓަން އެސޯސިއޭޝަންގެ 2023 އޭޖީއެމް މީޓިންގެ ތެރެއިން
ބެޑްމިންޓަން އެސޯސިއޭޝަންގެ 2023 އޭޖީއެމް މީޓިންގެ ތެރެއިން / ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ބީއޭއެމްގެ ރައީސްއާ ގުޅުން ހުރި ތަންތަން ބަލާ ފާސްކުރަން ފަށައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 24, 2024, 05:10 PM
މާލެ ސިޓީ

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ރައީސް މޫސާ ނާޝިދުއާ ގުޅުންހުރި ތަންތަން ބަލާ ފާސްކުރަން ފަށައިފިއެވެ.

Advertisement

ބީއޭއެމްގެ ރައީސްއާ ގުޅުން ހުރި ތަންތަން ބަލާ ފާސްކުރަން ފަށާފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެންނެވެ.

އެގޮތުން ނާޝިދުއާ ގުޅުން ހުރި ތަންތަން ބަލާ ފާސްކުރަމުން އޭސީސީއިން ގެންދަނީ ކޯޓު އަމުރެއްގެ ދަށުން އެ ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން މީގެ ކުރިން އޭސީސީން ބުނީ، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ރައްދުވާގޮތަށް ހުށަހެޅިފައިވާ ކޮރަޕްޝަނާ ގުޅުންހުރި، ގިނަ ތުހުމަތުތަކަކާ ގުޅިގެން ލިޔެކިޔުމާއި މަޢުލޫމާތު ހޯދުމަށް ކޮމިޝަނުގެ ތަޙުޤީޤު ޓީމެއް އެ އެސޯސިއޭޝަނުގައި ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެކަމަކު، އެ މައްސަލައާ ގުޅޭ ތަފުސީލެއް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފަިއވާ ގޮތުގައި، އެ އެސޯސިއޭޝަނަށް އެއްޗެހި ގަތުމުގައި އޭނާގެ މަސްލަހަތު އޮންނަ ވިޔަފާރިތަކުން ތަކެތި ގަތުންފަދަ ގިނަ މައްސަލަތަކަކާއެކު އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ބައެއް ފަރާތްތަކުން ވަނީ ކޮށްފައެވެ.

އޭސީސީން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްއާއި ގުޅުންހުރި ތަންތަން ބަލާ ފާސަކުރަމުން ދާއިރު، 22 މާރިޗު 2024ވަނަ ދުވަހަށް ތާވަލުކުރެވުނު ބެޑްމިންޓަން އެސޯސިއޭޝަނުގެ އަހަރީ ޢާންމު ޖަލްސާގެ ކަންކަން ކުރިއަށް ގެންދާނެ އެކަށިގެންވާ މާޙައުލެއް އޮތްކަމަށް އެ އެސޯސިއޭޝަނަށް ނުފެންނާތީވެ, އަހަރީ އާންމު ޖަލްސާ ފަސްކުރެވިފައިވާ ކަމަށް އެ އެސޯސިއޭޝަންއިން އިއްޔެވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved