March 19, 2026
Advertisement
ޕީއެންއެފް ޖަލްސާ
ޕީއެންއެފް ޖަލްސާ / ޝަފްރާޒް | ތޭރަ އިމޭޖްސް

ރައީސް ޔާމީންގެ ވަރުގަދަ ސުވާލެއް ސަރުކާރަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Mar 24, 2024, 08:37 PM
މާލެ ސިޓީ

ރާއްޖެއަށް ތައާރަފުކުރި އެއާރ އެމްބިއުލަންސާ އެކު، އިންޑިއާ އިން ހަދިޔާކޮށްފައިވާ ކަމަށް ބުނާ ހެލިކޮޕްޓަރުގެ ބޭނުން ނެތިގެން ހިނގައްޖެ ކަމަށާ އެހެންކަމުން ދެން އިތުރަށް އެ ހެލިކޮޕޓަރު ބެލެހެއްޓުމުގެ ނަމުގައި މަދަނީ މީހުންވެސް ބައިތިއްބަން ޖެހޭތޯ އައްސަވާ ރައީސް އަބްދުﷲ ޔާމީންގެ ވަރުގަދަ ސުވާލެއް ދިވެހި ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

Advertisement

ރައީސް ޔާމީންގެ މި ސުވާލު އަމާޒުކުރެއްވީ ރައްޔިތުންގެ މަޖިލިހަށް ޕީއެންއެފްގެ ފަރާތުން ނުކުންނަ ކެނޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ދަ ފްރޮންޓު އޮފީހުގައި ބާއްވާ ސިލްސިލާ ފޯރަމުންގެ ތެރެއިން އަންގާރަ ދުވަހުރޭ ބޭއްވި ފޯރަމުގައެވެ.

ރައީސް ޔާމީން ވަނީ، މީގެ ކުރިން ބުނަމުން ގެންދިޔައީ އިންޑިއާ ސިފައިންނާ އަދި މިހާރު މަދަނީ މީހުންވެސް ބައިތިއްބަނީ އިންޑިއާ އިން ހަދިޔާ ކޮށްފައި އޮތް ހެލިކޮޕްޓަރު ބަލަހައްޓަން ކަމަށާ އެ ހެލިކޮޕްޓަރާ އަދި ޑޯނިޔާއަކީ ވެސް މެޑިކަލް އިވެކުއޭޝަންއަށް ބޭނުންކުރާ ވސީލަތްތައް ކަމަށްވާއިރު މިހާރު ރާއްޖޭގައި ރާއްޖޭގެ މީހުން އޮަރޭޓުކުރާނެ އެއާރ އެމްބިއުލަންސެއް ތައާރަފްކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

މިހާރު ހެލިކޮޕްޓަރުގެ ބޭނުން ނެތީމަ ނޫންތޯ ހެލިކޮޕްޓަރުގެ ޚިދުމަތް އެއާރ އެމްބިއުލަންސަކަށް ބަދަލުކޮށްގެން މިއުޅެނީ، އެހެންވީމަ ހެލިކޮޕްޓަރާ އެއްކޮށް މަދަނީ މީހުން ވެސް ފޮނުވާލަން ވީނޫންތޯ. ދެން ކީއްކުރާ ހެލިކޮޕްޓަރެއްތޯ މިހާރު. މި ސަރުކާރަށް އެހެން ބުނަން ކެރޭނެތޯ

ރައީސް ޔާމީން

ރައީސް ޔާމީން ވަނީ، އިންޑިއާ ސިފައިން ބާލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ބަދަލުކޮށް މަދަނީ މީހުން މިހާރު ހެލިކޮޕޓަރު ބަލަހައްޓަން ބައިތިއްބަން ސަރުކާރުން އެއްބަސްވެފައިވާވުމާ މެދު ކަންބޮޑވުން ފާޅުކުރައްވާ ސަރުކާރާމެދު ނުރުހުންވެސް ފާޅުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved