March 14, 2026
Advertisement
އުރީދޫގެ ސީސީއޯ، އިސް ރަށްވެއްސަކަށް ހަދިޔާ ހަވާލުކުރައްވަނީ
އުރީދޫގެ ސީސީއޯ، އިސް ރަށްވެއްސަކަށް ހަދިޔާ ހަވާލުކުރައްވަނީ / އުރީދޫ

އުރީދޫގެ ސީއެސްއާރު ކެމްޕެއިންގެ ދަށުން ފުރަތަމަ ރޯދަ ވީއްލުން އައްޑޫގައި!

Mariyam Isaadha
މަރިޔަމް އިސާދާ
Mar 24, 2024, 08:48 PM
އައްޑޫ ސިޓީ

އުރީދޫ މޯލްޑިވްސް އިން އައްޑޫ ސިޓީގައި، އިސްރަށްވެހިންނާއި ޒުވާނުން އެއްކޮށް ރޯދަ ވީއްލުމެއް ބާއްވައިފިއެވެ.

Advertisement

އުރީދޫއިން ހާމަކުރާ ގޮތުގައި، މި ރޯދަ ވީއްލުމަކީ، އެކުންފުނިން މި ރޯދަމަހު އިފްތިތާހު ކުރި ސީއެސްއާރު ކެމްޕެއިން "އިސްރަށްވެހިންނާއިއެކު" ގެ ދަށުން ބޭއްވުނު ފުރަތަމަ ރޯދަ ވީއްލުމެވެ.

މި އިވެންޓްގެ މަގްސަދަކީ އިސްރަށްވެހިންނާއި ޒުވާނުން ހިތްހަމަ ޖެހޭ މާހައުލެއްގައި ދިމާވެ، ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށާ މި ސީރީޒްގެ ދަށުން އަދި ރާއްޖޭގެ އިތުރު ހިސާބުތަކުގައިވެސް ރޯދަ ވިއްލުން ބޭއްވުމަށް ރޭވިފައިވާ ކަމަށް އުރީދޫއިން މައުލޫމާތު ދީފައިވެއެވެ.

އުރީދޫގެ ސީސީއޯ އަލީ ނިޔާޒު އިސްރަށްވެއްސަކަށް ރޯދަ ހަދިޔާ ދެނީ
އުރީދޫގެ ސީސީއޯ އަލީ ނިޔާޒު އިސްރަށްވެއްސަކަށް ރޯދަ ހަދިޔާ ދެނީ

އައްޑޫ ސިޓީގެ މޭޔަރ، އަލްފާޟިލް އަލީ ނިޒާރު ވަނީ މި ރޯދަ ވީއްލުމުގައި ބައިވެރިވެފައެވެ. މިއީ އިސްރަށްވެހިން ކަންކަމުގައި ބައިވެރިކޮށް މުޖުތަމައުގެ އެއްބައިވަންތަކަން ހަރުދަނާ ކުރުމަށް ދޭ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އުރީދޫއިން ހާމަކޮށްފައިވެއެވެ.

އުރީދޫގެ އަމާޒަކީ މިފަދަ ހަރަކާތްތަށް މެދުވެރިކޮށް މުޖުތަމައުގެ މޭސްތިރިން ކަމަށްވާ އިސްރަށްވެހިން މުޖުތަމައުގެ އެކި ކަންކަމުގައި ބައިވެރިވުން އިތުރުކުރުމެވެ. އަދި މިހަރަކާތްތައް މެދުވެރިއަކަށްވެ މުޖުތަމައުގައި އެކަކު އަނެކަކަށް ކުރާ އިހްތިރާމު އިތުރުވެ، އެކަކު އަނެކަކަށް އަޅާލާ މުޖުތަމައެއް އުފެދުމެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved