March 22, 2026
Advertisement
މަލީހް ޖަލްސާގައި ވާހަކަދައްކަވަނީ
މަލީހް ޖަލްސާގައި ވާހަކަދައްކަވަނީ / ޝަފްރާޒް | ތޭރަ އިމޭޖްސް

ޕީއެންއެފްގެ ލޯގޯ ވޯޓް ކަރުދާހުގައި ޖަހަން ހުއްދަ ނުދިނުމުން މަލީހްގެ ކަންބޮޑުވުން!

Aishath Naja
އައިޝަތު ނަޖާ
Mar 25, 2024, 05:01 AM
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބްގައި ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ކައިރީ ޕާޓީގެ ލޯގޯ އަދި ކުލަ ބޭނުން ނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނުމުން މުހައްމަދު މަލީހް ޖަމާލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަލްސާއެއްގައެވެ.

އެގޮތުން މަލީހް ވިދާޅުވީ ވޯޓު ލާން ދާ ރައްޔިތު މީހާ އަށް އެ ކެންޑިޑޭޓަކީ ކޮން ޕާޓީއެއްގެ ކެންޑިޑޭޓެއް ކަމާއި ކޮންބޭފުޅެއްގެ އެންޑޯޒްމެންޓާއެކު ނިކުމެފައި ހުރި ކެންޑިޑޭޓެއްކަން އެނގެނީ ޕާޓީގެ ލޯގޯ އަދި ކުލައިންކަމަށެވެ.

އީސީން ޕީއެންއެފްގެ ލޯގޯ ބޭނުންކުރަން ހުއްދަ ނުދިނުމުން އެނގެނީ ރައީސް ޔާމީންގެ ޕާޓީން ނުވަތަ އެމަނިކުފާނުގެ ފަރާތްޕުޅުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކާމިޔާބީއެއް ލިބިދާނެތީ ކަމަށް މަލީހް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޕީއެންއެފްގެ ލޯގޯ ބޭނުންކުރުން އެއީ އެއްވެސް މައްސަލައެއް ނޫން އަޅުގަނޑުމެން ދެކޭގޮތުގައި. އެއީ އިލެކްޝަންގެ އެއް ގަވައިދުގައި އެބޭފުޅުން އަމަލުކޮށްފައި މިހާތަނަށް ވާގޮތުން އުސޫލުގެ ތެރެއިން އެއްވެސް ހުރަހެއް ނެތް ބޭނުންކުރުމުގައި. އެބޭފުޅުން ވިދާޅުވެއްޖެ، އަޅުގަނޑަށް ގަބޫލުކުރެވެނީ، ރައީސް ޔާމީންގެ ނަންފުޅު ނުވަތަ ލޯގޯ ބޭނުންކޮށްފިއްޔާ ކެންޑިޑޭޓުންނަށް އިތުރު ފައިދާތަކެއް ލިބިދާނެތީ އެ ފައިދާ ނުލިބޭނޭގޮތައް އަމަލު ކުރަން ކަމަށް މިހާރު ބުރަވަނީ

މުހައްމަދު މަލީހް ޖަމާލް

މަލީހް އިތުރަށް ވިދާޅުވީ އިލެކްޝަންގެ އެއް ގަވައިދުގައި އެބޭފުޅުން އަމަލުކޮށްފައި މިހާތަނަށް ވާގޮތުން އުސޫލުގެ ތެރެއިން ލޯގޯ ބޭނުންކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމަށެވެ.

ކުރިޔަށް އޮތް މަޖިިލިސް އިންތިޚާބްގައި ޕީއެންއެފްގެ ފަރާތުން މަޖިލިހަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޕީއެންއެފް އީސީގައި ރަޖިސްޓްރީ ނުވާތީ ލޯގޯ ބޭނުންނުކުރެވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ވަނީ ޕާޓީ ގެ ލޯގޯ ޖަހައިދިނުމަށް އީސީ އަށް ތަކުރާރުކޮށް އެދިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved