March 10, 2026
Advertisement
ދިރާގުން ތައާރަފްކުރި ޕްރޮމޯޝަން
ދިރާގުން ތައާރަފްކުރި ޕްރޮމޯޝަން / ދިރާގު

ހިލޭ ފައިބަރ ބްރޯޑްބޭންޑް ޕެކޭޖް އަޕްގްރޭޑްކުރެވޭ ޕްރޮމޯޝަނެއް

Aishath Naja
އައިޝަތު ނަޖާ
Mar 25, 2024, 05:10 PM
މާލެ ސިޓީ

ރެސިޑެންޝަލް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި އިންޓަނެޓް ޕެކޭޖް އަޕްގްރޭޑް ކުރެވޭ ޚާއްސަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

Advertisement

ދިރާގުން ބުނިގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ފައިބަރ 5އެމް ސްޓާޓަރއިން ފެށިގެން ފައިބަރ 30 އެމްބޭސިކް ޕެކޭޖްތަކުގައި ތިބި ރެސިޑެންޝަލް ކަސްޓަމަރުންނަށް މިހާރު ބޭނުން ކުރާ ޕެކޭޖާ އެއް އަގެއްގައި އިންޓަނެޓް އަޕްގްރޭޑް ކުރެވޭނެއެވެ،

މި އޮފާއާއެކު ކަސްޓަމަރުންނަށް ދެ މަސް ދުވަހުގެ މުއްދަތަށް ހަލުވި ސްޕީޑާއި އިތުރު ޑޭޓާ އެލަވަންސް ލިބޭނެއެވެ.

އަދި އެއަށްފަހު އަޕްގްރޭޑް ކުރި ޕެކޭޖްގައި މަޑުކުރުން ނުވަތަ ކުރީގެ ޕެކޭޖަށް ޑައުންގްރޭޑް ކުރުމަށް ކަސްޓަމަރުންނަށް ހިޔާރު ކުރެވޭނެއެވެ.

ދިރާގުގެ މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހުގެ ޕްރޮމޯޝަންތަކުގެ ތެރެއިން ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި އައު އޮފަރ ތައާރަފްކުރުމަކީ ލިބޭ ވަރަށް ބޮޑުއުފަލެއް ކަަމަށެވެ.

މިއަހަރު ދިރާގުން ވަނީ ދިރާގު އެޕް މެދުވެރިކޮށް ރަމަޟާން މަހަށް ޚާއްސަ ފަސް އޮފަރއެއް ތަޢާރަފްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved