March 19, 2026
Advertisement
ޑރ. އަބްދުﷲ ޕީއެންއެފް ޖަލްސާގައި.
ޑރ. އަބްދުﷲ ޕީއެންއެފް ޖަލްސާގައި. / ތޭރަ އޮންލައިން

މި ވެރިކަން ގެނައީ ބޭރުގެ ވަކިތަކުން މި ގައުމު މިނިވަންކުރުމަށްޓަމައި: ޑރ އަބްދުﷲ

Aishath Naja
އައިޝަތު ނަޖާ
Mar 25, 2024, 08:17 PM
މާލެ ސިޓީ

މިއަދު ރާއްޖޭގައި އޮތް ވެރިކަން ގެނައީ ބޭރުގެ ވަކިތަކުން ރާއްޖެ މިނިވަންކުރުމަށްޓަކައި ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ.އަބްދުﷲ އިބްރާހިމް ވިދާޅުވެއްޖެއެވެ.

Advertisement

ޑރ. އަބްދުﷲ މިފަދައިން ވިދާޅުވެފައިވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޑރ އަބްދުﷲ ވިދާޅުވީ މި ސަރުކާރުން ގެންނަން ރައްޔިތުން މަސައްކަތް ކުރީ ފުށްކޮޅަކަށާއި ހަނޑޫކޮޅަކަށް އެދިގެން ނޫންކަމަށެވެ.

މި ވެރިކަން ރައްޔިތުން ގެނައީ ޝަރުޢީ ނިޒާމަށް އަތްބާނާކަށެއްވެސް ނޫންކަމަށް ޑރ. އަބްދުﷲ ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.

ވެރިކަން ގެންނަން ރައްޔިތުން ބޭނުންވި، އަދި ވެރިކަން ގެނައި ސަބަބަކީ ރައީސް ޔާމިނަށް އިންސާފު ހޯދައިދިނުންކަމަށް ވިދާޅުވެ ޑރ އަބްދުﷲ ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

އޭގެއިތުރުންވެސް މި ސަރުކާރު ގެނައި މައިގަނޑު ސަބަބަކީ އިންޑިޔާގެ ސިފައިން މި ގައުމުން ބޭރުކޮށް ބޭރުގެ ވަކިތަކުން މި ކުޑަ ކުޑަ ދިވެހިރާއްޖެ މިނިވަންކުރުން ކަމަށް ޑރ އަބްދުﷲ ގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

މި ކަމަކީ ރައްޔިތުން ހެކިވާނެ ކަމެއް ކަމަށްވެސް ޑރ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved