April 22, 2026
Advertisement
ޑރ އަބްދުﷲ އިބްރާހިމް
ޑރ އަބްދުﷲ އިބްރާހިމް / ތޭރަ އޮންލައިން

ވެރިޔާ އުޅުއްވަނީ ގައުމު ހަފުސްކޮށްފައި ޑްރާމާކުޅެ ވީޑިޔޯ ހެދުމުގައި އަވަދިނެތި: ޑރ އަބްދުﷲ

Aishath Naja
އައިޝަތު ނަޖާ
Sep 24, 2024, 02:24 AM
މާލެ ސިޓީ

ވެރިޔާ އުޅުއްވަނީ ގައުމު ހަފުސްކޮށްފައި ޑްރާމާކުޅެ ވީޑިޔޯ ހެދުމުގައި އަވަދިނެތިކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގައި އިސްކޮށް މަސައްކަތް ކުރައްވާ ޑރ. އަބްދުﷲ އިބްރާހިމް ވިދާޅުވެއްޖެއެވެ.

Advertisement

ޑރ.އަބްދުﷲ މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.އެގޮތުން ޑރ.އަބްދުﷲ ވިދާޅުވީ މިއީ އޮޅުވާލުމާއި ގައުމު ދޮވެ ސާފު ކުރުމުގެ ތެރެއިން ދިވެހިން ތަޖުރިބާކުރި އެންމެ ހިތްދަތި 10 މަސްކަމަށެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުމަށްފަހު ދޯކާ ފިޔަވައި އެކައްޗެއްވެސް ދިވެހިންނަކަށް ނުލިބޭކަމަށް ވެސް ޑރ އަބްދުﷲ ވަނީ ވިދާޅުވެފައެވެ. ގައުމު ހަފުސްކޮށްފައި ރައީސް މީހާ އުޅެނީ ޑްރާމާކުޅެ ވީޑިޔޯ ހެދުމުގައި އަވަދިނެތިކަމަށް ވެސް ޑރ އަބްދުﷲ ވަނީ ޕޯސްޓްގައި ފާހަގަކުރައްވާފައެވެ.

ކަމެއް ހެޔޮކޮށް ކުރާނެ ބުއްދިއެއް ވެސް މި ސަރުކާރުގައި ނެތްކަމަށް ވެސް ޑރ އަބްދުﷲ ވަނީ ވިދާޅުވެފައެވެ. ޑރ އަބްދުﷲގެ އިތުރުން ގިނަ ބަޔަކު އަންނަނީ މި ސަރުކާރަކީ ފިލްމު ކުޅޭ ސަރުކާރެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved