ޑރ. އަބްދުﷲ ޕީއެންއެފް ޖަލްސާގައި. / ތޭރަ އޮންލައިން
ސިޔާސީ
ޑރ އަބްދުﷲ ގެ ސުވާލެއް ސަރުކާރަށް: ސިއްރިއްޔާތުގައި ތި އުޅުއްވަނީ ރައީސް ޔާމީނަށް ކޮންފަދަ އަނިޔާއެއް ދޭންތޯ؟
Aishath Naja
އައިޝަތު ނަޖާ
21 އޯގަސްޓު 2024
މާލެ ސިޓީ

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަ އަލުން މިއަދު ކުރިމިނަލް ކޯޓުގައި ފަށާއިރު އެ އަޑުއެހުން އޮންލައިންކޮށް ކުރިޔަަށް ގެންދިޔުމަށް ހަމަޖެހިފައިވާތީވެ، ޕީއެންއެފްގެ ސެނެޓަރ ޑރ އަބްދުﷲ އިބްރާހިމް ފާޑުވިދާޅުވެއްޖެ އެވެ.

ޑރ އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ރައީސް ޔާމީންގެ ޝަރީއަތްތަކުގެ އަޑުއެހުން ސިއްރުނއ ގެންދިޔުމުން އެކަމާ އެންމެ ބޮޑަށްް ފާޑުވިދާޚުވީ އަދުގެ ސަރުކާރުގެ ވެރިން ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުގައި ފަހުން ޝަރީއަތުގެ އަޑުއެހުންތައް ފާޅުގައި ގެންދިޔުމުން ރައީސް ޔާމީންގެ މައުސޫމްކަން ސާބިތުވެގެން ހިނގައްޖެކަމަށް ވެސް ޑރ އަބްދުﷲ ވިދާޅުވި އެވެ

އަދި މިއަދު ކްރިމިނަލް ކޯޓްގައި އާރަށު މައްސަލަ އަލުން ފަށަން ހަމަޖެހިފައިވާއިރު އޮންލައިންކޮށް ކުދރިޔަށް ގެންދާތީވެ، ޑރ އަބްދުﷲ ވަނީ ސަރުކާރަށް ވަރުގަދަ ސުވާލެއް އަމާޒުކުރައްވާފައެވެ.

އެގޮތުން އެ ސުވާލުގައި ޑރ އަބްދުﷲ ވަނީ ސިއްރިއްޔާތުގައި ތި އުޅުއްވަނީ ރައީސް ޔާމީނަށް ކޮންފަދަ އަނިޔާއެއް ދޭންތޯ އައްސަވާފަ އެވެ.

އާރަށުގެ މައްސަލަ އަލުން ބަލަން ފަށާއިރު ހައިކޯޓުގެ ނިންމުމުގައި މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅަން އެންގިއިރު، ދައުލަތުން ހުށަހެޅި ހެކިތައް އެއްފަރާތްކުރުމަށް އަންގާފައިވާ ބައި ދައުލަތުން ވަނި ސުޕްރީމު ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އަދި އެ ކޯޓުން ވަނީ މައްސަލަ ބަލައިވެސް ގަނެފައެވެ

ރައީސް ޔާމީންގެ ޝަރީއަތް އަލުން ފަށަން ދައުލަތުން މަސައްކަތްކުރަނީ ޕީޖީގެ މަގާމުގައި ހުންނެވި، ޕިއެންސީއިން ހިމާޔަތް ދީފައިވާ އެމްޑީއެން ޝަމީމު މަގާމުގައި ދައުރު ނިމެންދެން ބެހެއްޓުމަށް ރައީސް މުހައްމަދު މުއިއްޒު ހެއްދެވި ޑީލެއްގެ ތެރެއިން ކަމަށް އަޑު ފެތުރިފައިވެއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved