April 3, 2026
Advertisement
ޑރ. އަބްދުﷲ ޕީއެންއެފް ޖަލްސާގައި.
ޑރ. އަބްދުﷲ ޕީއެންއެފް ޖަލްސާގައި. / ތޭރަ އޮންލައިން

އޭރުވެސް މަގުމައްޗަށް ނިނުކުތް މީހުން މިއަދުވެސް ތިބީ ރައީސް ޔާމީންގެ ހައްގުގައި، ތަފާތަކީ ކުރިން ތިބި އަމިއްލަ އެދުމުގެ މީހުން މިއަދު ނެތްކަން: ޑރ އަބްދުﷲ

Aishath Naja
އައިޝަތު ނަޖާ
Sep 17, 2024, 01:42 AM
މާލެ ސިޓީ

އޭރުވެސް މަގުމައްޗައް ނިކުމެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހައްގުގައި މަސައްކަތް ކުރެއްވި މީހުން މިއަދުވެސް އެބަތިބި ކަމަށާއި ތަފާތަކީ ކުރިން ތިބި އަމިއްލަ އެދުމުގެ މީހުން މިއަދު ނެތްކަން ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގައި އިސްކޮށް ހަރަކާތްތެރިވާ ޑރ،އަބްދުﷲ އިބްރާހިމް ވިދާޅުވެއްޖެ އެވެ.

Advertisement

ޑރ އަބްދުﷲ އެކްސްގައި މިފަދައިން ވިދާޅުވެފައި ވަނީ ހޯމަ ދުވަހު ދިވެހި ރާއްޖޭގެ ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިޔަށްދިޔަ ވަގުތު ކޯޓުގެ ބޭރުގައި އެމަނިކުފާނަށް ތާއިދުކުރައްްވާ ފަރާތްތަކުން، ދެމުންގެންދާ އަނިޔާ ހުއްޓާލުމަށް ގޮވާލާ އިހުތިޖާޖް ކުރުމުން އެކަމާ ގުޅިގެންނެވެ.

އެގޮތުން މިއަދުގެ ސަރުކާރުގައި ތިބި ފަރާތްތަކުން ކުރިން ރައީސް ޔާމީނަށް ކޮށްފައި ވަނީ ސިޔާސީ ދައުވާއެއްކަމަށް ބުނެ އަޑު އުފުލާފައި ވަނީ އަމިއްލަ އެދުމެއް އޭގައި އޮތުމުން ކަމަށް ޑރ އަބްދުﷲގެ ޕޯސްޓްގައި ވަނީ ބުނެފައެވެ.

ޑރ އަބްދުﷲ މިފަދައިން ވިދާޅުވެފައިވާއިރު މިއަދުގެ ސަރުކާރުގައި ތިބި ފަރާތްތަކަކީ ރައީސް ޔާމީނަށް ކުރީ ސަރުކާރުން ކޮށްފައިވާ ސިޔާސީ ދައުވާ އަށް ނިމުމެއް ގެނެސްދިނުމަށް ގޮވާ އިހުތިޖާޖް ކުރި ފަރާތްތަކެކެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ހުސް ގޮނޑި ދައްކައިގެން ވެރިކަމަށް އައުމަށްފަހު ރައީސް ޔާމީނާ ދޭތެރޭ ކަންތައް ކުރައްވަމުން ގެންދަވަނީ ނިމިދިޔަ ސަރުކާރެކޭ އެއްފަދައިންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved