މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ސީއީއޯ އަހުމަދު ޝަމާހު ސަސްޕެންޑްކުރީ ކުރަމުންދާ ތަހުގީގަށް ނުފޫޒު ފޯރުވާ ހެކި ނައްތާލަފާނެތީ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ހާމަކޮށްފިއެވެ.
ފާއިތުވި ފެބްރުއަރީމަހުގެ 29 ވަނަ ދުވަހު، ޕިސީބީން މިފްކޯއަށް ފޮނުވާފައިވާ ސިޓީއެއްގައިވަނީ ކުންފުނީގެ ސިއީއޯގެ އަމަލުތައް ބަހައްޓަމުން ގެންދާ ގޮތާމެދު ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އަދި އެކަންކަމަށް އިސްލާހީ ފިޔަވަޅުއެޅުމަށް މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހުއަށް އަންގާފައިވެއެވެ.
ޕީސީބީން މިފްކޯއަށް ފޮނުވި ސިޓީގައި ވަނީ 12 ކަމެއް ފާހަގަކޮށް އެކަންކަން އިސްލާހުކުރުމަށް އެދިފައެވެ.
މީގެ ކުރިން އެ ސިޓީ ލިބިފައިނުވާކަމަށް ބުނެ ޝަމާހުގެ އަންހެނުން އެ ސިޓީއަކާ ގުޅިގެން ނޫސްވެރިއަކަށް އިންޒާރު ދިން ސިޓީ ލިބިފައިވާކަމަށް މިއަދު ހުދު ޝަމާހު ވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި އެއްބަސްވެފައެވެ. އެހެންކަމުން މީގެ ކުރިން އެ ސިޓީ ލިބިފައިނުވާ ކަމަށް ބުނެ ޝަމާހު ހެދީ ދޮގުކަން ވަނީ ހާމަވެފައެވެ.
މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުން ކުރިއަށް ދިޔަ ވަގުތު ކޮމިޓީގެ މެމްބަރުން ވަނީ ޝަމާހު ސަސްޕެންޑުކުރީ އަދަބެއްގެ ގޮތުގައިތޯ ސުވާލުކޮށްފައެވެ.
ޖަވާބުގައި އެސްއޯއީގެ ސެކެރެޓަރީ ޖެނެރަލް ވިދާޅުވީ ނުފޫޒު ފޯރުވައިގެން ހެކި ނައްތާލަފާނެ ކަމުގެ ބިރު އޮތުމުން ކަމަށާ އެގޮތުން ޝަމާހުއާ ދެކޮޅަށް ޖިތާބީ ހެކި ލިބިފައި ހުރި ކަމަށެވެ. މީގެ އިތުރުން މިހާރު މިފްކޯ ތެރޭގައި ޝަމާހުގެ މަސްލަހަތު އޮތް މީހުންވެސް ތިބުމާ އެކު އިތުރު ހެކި ނައްތާލުމުގެ ފުރުސަތު މަގާމުުގައި ހުރެގެން ލިބޭ ފުރުސަތަށް ވުރެ ހަނި ވާނެ ކަމަށް ޕީސީބީ އަށް ފެންނާތީ ސަސްޕެންޑުކުރަން ބޯޑުން ނިންމީ ކަމަށެވެ. އަދި އެގޮތަށް ނިންމީ ކުރިންވެސް އެކި ކުންފުނިތަކުގެ ތަހުގީގުތައް ކުރިއަށް ދިޔައިރު ލިބިފައި ހުރި ތަޖުރިބާގެ ތެރެއިން ކަމަށް ވެސް ޕީސީބީއިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ޕީސީބީ ހާމަކޮށްފައިވާ ގޮތުގައި ޝަމާހު ވަނީ މޭނޭޖަރ ލެވެލްގައި ތިބި މުވައްޒަފުންތަކެއް މަގާމުގެ ފެންވަރު ދަށްކޮށް އެ މަގާމުތަކަށް އޭނާގެ މަސްލަހަތު އޮންނަ މީހުން އައްޔަންކޮށްފައި ކަމަށްވެސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ޝަމާހުއާ ދެކޮޅަށް މައްސަލަ ބަލަން ފެށީ ކާކުކަން ނޭނގޭ ގޮތަށް ޕީސީބީއަށް ލިބިފައިވާ ވިސްލް ބްލޯ އެއް ސަމާލުކަމަށް އައުމުން ކަމަށެވެ.
ޝާމާހުއާ އަދި މިފްކޯ އިން ވެސް ތުހުމަތު ކުރާ ގޮތުގައި އެ ވިސްލް ބްލޯވަރ އަކީ މިފްކޯގެ އިންޓަނަލް އޮޑިޓަރ ޝައުމުގެ ކަމެކެކބެ. އަދި އެ ތުހުމަތު އަމާޒުކުރަނީ ޝައުމު މިފްކޯގެ އެޗްއާރަށް ފޮނުވި ސިޓިއެއްގެ ކޮންޓެންޓާ، ޕީސީބީއިން އޭނާއަށް އެންމެ ފުރަތަމަ ފޮނުވި ސިޓީގެ ކޮންޓެންޓާ އެއްގޮތްވުމެވެ. އަދި މިފްކޯގެ ސީއީއޯ ޝާމާހު ތުހުމަތު ކުރާ ގޮތުގައި ޝައުނު އެކަންކޮށްފައިވަނީ އޭނާގެ އަންހެނުން، ޕީސީބީގެ ސީނިއަރ ފައިނޭންޝީއަލް އޮފިސަރ ސަނާގެ އެހީތެރިކަމާ ނުފޫޒާއެކު ކަމަށެވެ.
މިކަމާ ގުޅިގެން ޕީސީބީއިން ބުނެފައިވަނީ އެ ވްސްލް ބްލޯއަކީ ކާކުކަން ނޭނގޭ ގޮތަށް ކޮށްފައިވާ ކަމަކަށްވުމުން ޕީސީބީއަށް ހުދު އެއީ ކާކުކަން ނުވަތަ ކޮންބައެއްކަން ހާމަކުރަން ނޭނގޭ އިރު މިފްކޯގެ ސިއީއޯއަށް އެ މައުލޫމާތު ލިބުނު ގޮތެއްވެސް އޮންނަން ވާނެ ކަމަށެވެ.
ޝަމާހު ސަސްޕެންޑުކުރީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނާ ބުނުމަށް ޖަވާބު ދެއްވަމުން ޕީސީބީ ބުނެފައިވަނީ ސަސްޕެންޑްކޮށްފައިވަނީ ބޯޑުގެ ނިންމުމާ އެއް ގޮތަށް ކަމަށެވެ.
ސަސްޕެންޝަންގައި މުސާރަ ނުލިބޭ ގޮތަށް ހުރުމަކީ ދެވޭ އަނިޔާއެއް ނުވަތަ އަދަބެއް ކަމަށް އެސްއޯއީ ކޮމިޓީގެ މެމްބަރުން ވިދާޅުވުމުން ޕީސީބީ އިން ބުނެފައިވަނި އެ ބޯޑުގެ ޕޮލިސީގައި އޮންނަ ހަމައަކީ އެއްވެސް ކުންފުންޏެއްގެ އެމްޑީއަކު ސަސްޕެންޑްކުރާ ނަމަ މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑްކުރުން ކަމަށާ އަދި މައްސަލަ ބަލާ ނިމޭއިރު މައުސުމުކަން ސާބިތުވެއްޖެ ނަމަ މުސާރަ ކެނޑި ދުވަސްތަކުގެ މުސާރަ އަނބުރާ ރުޖޫއަކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން ޕީސީބީއިން ހާމަކުރި މައުލޫމާތަށް ބާލއިރު ސަރުކާރު ހަވާލުވެ އެންމެ ތިން މަސް ފާއިތުވެގެން ދިޔައިރު މިފްކޯގެ ޚަރތަދުގައި ޝަމާހުގެ ދަތުރަކަށް 1.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ހަމަ އެހެންމެ ޝަމާހު ހަވާލުވި ފަހުން ހިނގާފައިވާ އެކި އެކި އިންތިހާބުތަކުގައި ސިޔާސީ ބޭނުމަށް މިފްކޯގެ އިމާރާތް ބޭނުންކޮށްފައިވާކަމަސް ވެސް ހެކި ލިބިފައިވާ ކަން ޕީސީބީއިން ވަނީ ހާމަކޮށްފައެވެ.
ހޯމަ ދުވަހުގެ ކޮމިޓިގައި ކޮމިޓީގެ ނައިބު މުގައްރިރު ވަނީ ޝަމާހުގެ މައްސަލައގައި ހުރި ލިޔެކިޔުންތައް ކޮމިޓީ އާ ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ. އަދި ހަމަ އެހެންމެ މިފްކޯގެ މައްސަލަ ބަލާ ހަމައިން ފެނަކައިން މީހުންނަށް އުސޫލާ ހިލާފަށް ވަޒީފާ ދެމުްނދާ މައްސަލަ ނުބަލާކަމަށް ބުނެ ކޮމިޓީގެ މުގައްގިރު ގެ ނުރުހުްނ ޕީސީބީއަށް އަމާޒުކޮށްފައިވެއެވެ.
ފެނަކައިގެ އެފަދަ މައުލޫމާތެއް ޕީސީބީއާ ހަމައަށް ލިބިފައިނުވާކަން އެ ބޯޑުން ހާމަކުރުމާ އެކު ކޮމިޓިގެ މުގައްގަރު ކެނދިކުޅުދު ދާއިރާ މެމްބަރު އަހުމަދު އީސާ ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން އެފަދަ ކަމެއް ހިއްސާކުރަން ބޭނުންނަމަ އެކަނ މަޖިލީހުގެ އިދާރާއާ ހިއްސާކޮށް ލިޔެކިޔުން ބަދަލުކުރުމަށް އެދިފައެވެ.