
އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލް މަޖިލީހަށް ބަލައިގަނެެ ހާއްސަ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އަބްދުﷲ އެވެ.
ބިލް ބަލައިގަންނަން ފާސްކުރީ އަންގާރަ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 41 މެމްބަރުންގެ ވޯޓުންނެވެ.
މަޖިލީހުން އެންޓި ޑިފެކްޝަން ބިލް ބަލައިގަނެ އެ ބިލް ދިރާސާކުރަން ހާއްސަ ކޮމިޓީއަށް ފޮނުވަން ބައެއް މެންބަރުން އެއްބަސްވި ނަމަވެސް ބައެއް މެންބަރުން ވަނީ އެކަމާ ދެކޮޅަށް ވާހަކަދައްކާފައެވެ.
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީޤު ހުށަހެޅި ނަންތަކަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ތާއީދު ކުރެއްވި ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ:
އެންޓި ޑިފެކްޝަން ބިލުގައިވާ ގޮތުން މަޖިލީހަށް ޕާޓީ ޓިކެޓެއްގައި ވާދަކޮށް އިންތިހާބުވާ މެމްބަރަކު އަމިއްލައަށް ޕާޓީން ވަކިވެއްޖެނަމަ މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭނެ އެވެ.










