March 19, 2026
Advertisement
ރައީސް ޔާމީންގެ ވަކީލް އާދަމް ޝަމީމް
ރައީސް ޔާމީންގެ ވަކީލް އާދަމް ޝަމީމް / ތޭރަ އޮންލައިން

ވެރިކަން ލިބުނީމާ، ޕީޕީއެމްގެ ރައީސްގެ ގޮތުގައި ރައީސް ޔާމިން ބަލައިގަންނަން އެމީހުންނަށް އުނދަގޫވީ : ޝަމީމް

Aishath Naja
އައިޝަތު ނަޖާ
Mar 28, 2024, 11:18 PM
މާލެ ސިޓީ

ވެރިކަން ލިބުނީމާ، އަދުގެ ސަރުކާރުގައި ތިއްބެވި ފަރާތްތަކަށް ޕީޕީއެމްގެ ރައީސް ގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަލައިގަންނަން އުނދަގޫވީ ކަމަށް ޕީއެންއެފްގެ ފަރާތުން މަޖިލިސް އިންތިޚާބަށްް ކުރިމަތިލައްވާ އަދި އެމަނިކުފާނުގެ ގާނޫނީ ޓީމްގައިވެސް ހިމެނިވަޑައިގެންނަވާ އުސްތާޒް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

Advertisement

ޝަމީމް މިފަދައިން ވިދާޅުވެފައިވަނީ ޗެނަލް 13 ގެ "ރައްޔިތުންގެ ބާރު" ޕްރޮގްރާމް ގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ޝަމީމް ވިދާޅުވީ ރައީސް ޔާމީން އަދިވެސް ހުންނެވީ ހަމަ ކުރިންވެސް ހުންނެވި ގޮތައްކަމަށެވެ. ބަދަލުވެގެން އުޅެނީ އޭރު ރައީސް ޔާމީންގެ އަރިހުގައި އުޅުއްވި ބޭފުޅުންކަމަށެވެ.

ރައީސް ޔާމީން ޕީޕީއެމްގެ މަސައްކަތްތައް ކުރައްވަމުން ގެންދެވިއިރު އެ މަސައްކަތްތަކަށް ހުރަސް އެޅުއްވުމުން އެތަނުގައި ދެން އިތުރަށް މަސައްކަތް ނުކުރެވޭނެތީ މަސައްކަތް ކުރެވޭނެ އިތުރު ގޮތެއް ހޯދެއްވުމަށް އެމަނިކުފާނު ޕީޕީއެމް ދޫކުރައްވަން މަޖުބޫރުވީ ކަމަށް ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ.

އަޅުގަނޑުމެން މިތިބީ އޭރުގައިވެސް ތިބި ގޮތަށެވެ. ކުރީގައިވެސް، މިހާރުވެސް އަދި ދެންވެސް އަޅުގަނޑަކީ ރައީސް ޔާމީންގެ މީހެއް. އަބަދުވެސް އަޅުގަނޑު މަސައްކަތް ކުރައްވަނީ ރައީސް ޔާމީން ވިދާޅުވާ ގޮތަކަށް.

އާދަމް ޝަމީމް

ޝަމީމް އިތުރަށް ވިދާޅުވީ ރައީސް ޔާމިނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބްގައި ވާދަނުކުރެއްވުމުން ބަދަލުވެގެން ދިޔައީ ވެރިކަމުގެ ދަހިވެތިކަމުގައި ތިއްބެވި ބޭފުޅުންކަމަށެވެ.

އަދުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ހޮވަން މަސައްކަތް ކުރެއްވީ ރައީސް ޔާމީން ވިދާޅުވެގެން ކަމަށާއި އެއްވެސް އިރެއްގައި ރައީސް މުއިއްޒު ކަމުގޮސްގެން ނޫންކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved