March 29, 2026
Advertisement
ނިޝާން ފްރޮންޓް އޮފީހުގައި ވާހަަކ ދައްކަވަނީ
ނިޝާން ފްރޮންޓް އޮފީހުގައި ވާހަަކ ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޔާމީން މިނިވަންނުކޮށް ހިފަަހައްޓަނީ ކޮރަޕްޝަން ހުއްޓުވާނެތީ: ނިޝާން

Mariyam Isaadha
މަރިޔަމް އިސާދާ
Mar 29, 2024, 06:02 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ވީ ވައުދު ނުފުއްދާ އުޅެނީ އެމަނިކުފާނު މިނިވަންވެވަޑައިގެންފި ނަމަ މިހާރު ސަރުކާރު ތެރެއިން ހިންގާ ކޮރަޕްޝަންތައް ހުއްޓުވާނެކަމުުގެ ޔަގީން ސަރުކާރުގެ ވެރިންނަށް އޮތުމުން ކަމަށް، ޕީއެންއެފްގެ ޓިކެޓުގައި 20 ވަނަ ރައްޔިތުންގެ މަޖިލިހަށް ހެންވޭރު ދެކުނު ދާއިރާ ތަމްސީލުކުރުމަށް ވާދަކުރާ ކެންޑިޑޭޓު އަހުމަދު މުހައްމަދު (ނިޝާން) ވިދާޅުވެއްޖެއެވެ.

Advertisement

މަޖިލިހަށް ޕީއެންއެފް ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ދަ ފްރޮންޓު އޮފީހުގައި ބާއްވަމުން ގެންދާ ޖަލްސަތަކުގެ ތެރެއިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ނިޝާން ވިދާޅުވީ، މި ސަރުކާރުގެ ތެރޭގައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކޮރަޕްޝަންގެ މޫތައް ވަކި ހިއްޕާލައިފި ކަމަށާ އެގޮތުން ސަރުކާރާ ސަރުކާރުގެ މަދަދު ގާރުން ގެންދަނީ ފާޅުގައި ކޮރަޕްޝަން ހިންގާކަމަށް އެއްބަސްވަމުން ކަމަށް ވެސް ނިޝާނު ވިދާޅުވިއެވެ. އަދި އެކަންކަން ސަރުކާރު ތެރެއިން ނުހުއްޓުވާނެ ކަމާ އެކަމުގެ ހެއްކަކީ ރައީސް ޔާމީން މިނިވަން ނުކުރުން ކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ ރައީސް ޔާމީން މިނިވަންކޮށްފި ނަމަ އެމީހުން މިހާރު ހިންގާ ޖަރީމާތައް ނުހިންގޭނެކަން އެމީހުންނަށް ރަގަޅަށް އެނގޭތީ ރައީސް ޔާމީން މިނިވަންނުކޮށް ހިފަހައްޓަނީ ކަމަށެވެ.

އެންމެ ފުރަތަ ވީ ވައުދު ރައީސް ޔާމީން މިނިވަންކުރުމަކީ. ނަމަވެސް އެ ވައުދު ނުފުއްދާ އެ ހިފަަހއްޓަނީ ސަރުކާރު ތެރެއިން ހިންގަމުން ގެންދާ ބޮޑެތި ޖަރިމާތައް، ކޮރަޕްޝަން ފަދަ ކުށްތައް ރައީސް ޔާމީން ހުއްޓުވާނެކަން އެމީހުންނަށް ޔަގީން ވާތީ

ނިޝާން

ދިވެހި ރައީސަކަށް އެންމެ ބޮޑު ޒިންމާއަކީ ރައްޔިތުންނަށް ތެދުވެރިވުން ކަމަށްވީ ނަމަވެސް ރައީސް މުއިއްޒުގެ ފަރާތްޕުޅުން ފެނިގެން ދަނީ ކަންކަން ސިއްތުކުރަމުން ގެންދާ މަންޒަރު އެއީ ދެފުށް ފެންނަ ސަރުކާރަކުން ކުރާނެކަމެއް ނޫން ކަމަށް ނިޝާން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved