February 20, 2026
Advertisement
ދިވެހި އުމްރާވެރިންތަކެއް ފުރަން ގޮސް
ދިވެހި އުމްރާވެރިންތަކެއް ފުރަން ގޮސް / ރާއްޖެއެމްވީ

އުމްރާއަށް ދާއިރު އެ ޖަމާއަތަކީ ހުއްދަ އޮތް ޖަމާއަތެއްތޯ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 30, 2024, 06:13 PM
މާލެ ސިޓީ

އުމްރާއަށްދާ މީހުން އެ މީހަކު އެދާ ޖަމާއަތަކީ އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ޖަމާއަތްތަކެއްތޯ ކަށަވަރު ކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސް ކުރައްވައިފިއެވެ.

Advertisement

މިނިސްޓަރު މިކަމަށް އިލްތިމާސް ކުރެއްވީ  އަލް-މަޝްއަރު ގުރޫޕްގެ ހަވާލުގައި މި އަހަރު އުމްރާއަށް ގެންދިޔަ މީހުންނަށް ރާއްޖެ އާދެވޭނެ ގޮތް ބަންދުވެދާނެ ކަމުގެ ބިރު ހީވުމާއި ގުޅިގެންނެވެ.

މީގެ ކުރީން ވެސް ވަރަށް ބޮޑެތި މައްސަލަތަކެެއް ދިމާވެފައި އޮތް މަޝްއަރު ގުރޫޕުން މި ފަހަރު 54 މީހުން އުމްރާއަށް ގެންދިޔަ އެވެ. އެ މީހުން ގެންދިޔައީ ޔޫއެލް ފްލައިޓެއްގައެވެ.

ނަމަވެސް ފްލައިޓަށް ފައިސާ ދައްކަން އެ ޖަމާއަތުން ދިން ހަތަރު ޗެކް ވަނީ ބައުންސްވެފައެވެ. އެކަން ޔޫއެލްގެ ރާއްޖޭގެ އެއް ޕާޓުނަރ އިނަރ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވަނީ ހާމަ ކުރައްވާފައެވެ.

ފިރާގު ވިދާޅުވި ގޮތުގައި ކުންފުނިން ޗެކް ހަވާލުކުރީ ފުރަން ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ. އެ ފުރުސަތު ދިނީ އުމްރާވެރީންނަށް ގެއްލުމެއް ވުމުގެ ފުރުސަތު ނުދިނުމަށެވެ. އެ ޖަމާއަތުން ދިން ހަތަރު ޗެކްވެސް ވަނީ ބައުސް ވެފައެވެ.

އެހެން ކަމުން އުމްރާވެރީން ގެނައުމަށް ބާއްވަން ޖެހޭ ފްލައިޓް ވަނީ ސަސްޕެންޑް ކޮށްފައެވެ. އެ މީހުން އަންނަ ގޮތަށް އޮތީ ގަތަރު އެއާވޭސް ގަ އެވެ. 

"އަމިއްލަ ޖަމާއަތްތަކުގެ ހަވާލުގައި އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން އެ ވަޑައިގަންނަވާ ޖަމާއަތްތަކަކީ އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ޖަމާއަތްތަކެއްތޯ ކަށަވަރު ކުރުމަށް އިލްތިމާސް ކުރަން،" މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

އަލް-މަޝްއަރު ގްރޫޕުން އުމްރާއަށް ދިޔަ މީހުންނަށް އެހެން ދިވެހި އުމްރާ ގްރޫޕުންތަކުން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved