March 29, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް "އިންޑިޔާ އައުޓް" ކެމްޕެއިން ހަރަކާތް ކުރިޔަށް ގެންދަނީ
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް "އިންޑިޔާ އައުޓް" ކެމްޕެއިން ހަރަކާތް ކުރިޔަށް ގެންދަނީ

އިންޑިޔާ ސިފައިންގެ އަދަދު އެކިފަހަރު އެކި ގޮތައް!

Aishath Naja
އައިޝަތު ނަޖާ
Jan 3, 2024, 03:16 AM
މާލެ ސިޓީ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދަކީ މިހާރު 88 ކަމަށް ސަރުކާރުން ބުނެފިއެވެ.

Advertisement

އެ ސިފައިން ރާއްޖޭގައި މިހާރު ކުރަނީ ކޮންކަމެއްތޯ ހާމަ ކުރުމަށް ސަރުކާރުން އުޒުރުވެރިވެފައިވާއިރު ސަރުކާރުން އެންމެ ފުރަތަމަ ހާމަކުރި ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދަކީ 77 އެވެ.

އޭގެ ފަހުން ސަރުކާރުން ހާމަ ކުރީ ރާއްޖޭގައި އިންޑިއާގެ 89 ސިފައިން ތިބި ކަމަށެވެ. މިހެން ވިދާޅުވެފައިވަނީ ކުރިން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނަވާ މުހައްމަދު ޝަހީބެވެ.

އެޔަށްފަހު 88 ސިފައިންނޭ ވިދާޅުވެފައިވަނީ ސަރުކާރުން އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.

"އެންމެ ފަހުން ސަރުކާރުގެ އެކަމާ ބެހޭ ފަރާތްތަކުން ހާމަ ކުރި މައުލޫމާތު ދައްކާ ގޮތުން 88 އިންޑިއާ ސިފައިން ތިބި ކަމަށް ކަށަވަރުވެފައި ވަނީ،" އަދަދަށް ބަަދަލެއް ގެނުވައި ނާޒިމް ވިދާޅުވިއެވެ.

އޭގެއިތުރުންވެސް ސުވާލަށް ޖަވާބުދެއްވަން އުޒުރުވެރިވުމާއި ގުޅިގެން ނާޒިމް ވިދާޅުވީ މީގައި މުހިންމީ [އިންޑިއާ ސިފައިން] ތިބި އަދަދަށް ވުރެ، ތިބިއްޔާ ތިބި ބަޔަކު ފޮނުވާލުމުގެ މަސައްކަތް ކަމެވެ.

މިހާތަނަށް ސަރުކާރު އެކި ލެވެލްތަކުގައި އެ މައްސަލައިގައި 10 ބައްދަލުވުމެއް ބާއްވާފައިވާއިރު އިންޑިޔާ ސިފައިންގެ ސީދާ އަދަދު ހާމަނުވާތާ އެ ސިފައިން އެ ގައުމަށް އަނބުރާ ފޮނުވާލެވިފައިވެސްނުވެއެވެ.

އިންޑިޔާ ސިފައިން އަދި ބޭރުގެ އެއްވެސް އަސްކަރިއްޔާގެ ސިފައިންނެއް ނުބައިތިއްބާނެކަމަށް މި ސަރުކާރުން ބުނި ނަމަވެސް އަދިވެސް އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved