March 19, 2026
Advertisement
 އީސީގެ ތަރުޖަމާނު ޒަކަރިއްޔާ
އީސީގެ ތަރުޖަމާނު ޒަކަރިއްޔާ / އިލެކްޝަންސް ކޮމިޝަން

އީސީގެ މެމްބަރު ކަމަށް، އެސްޖީ ހަސަން އައްޔަންކުރަން ކޮމިޓީއިން ފާސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 31, 2024, 10:54 PM
މާލެ ސިޓީ

އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމަށް އެ ކޮމިޝަންގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ އައްޔަން ކުރަން ފެންނަ ކަމަށް ފާސްކޮށްފިއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްްސަސާތަކާ ބެހޭ ކޮމިޓީއިން، މ. މުލައް، ހަސަން ޒަކަރިއްޔާ، އީސީގެ މެމްބަރު ކަމަށް އައްޔަންކުރުމަށް ޒަކަރިއްޔާގެ ނަން ދިރާސާ ކުރުމަށްފަހު އީސީގެ މެންބަރުކަމަށް އޭނާ އައްޔަން ކުރަން މަޖިލީހުން ރުހުން ދިނުމަށް ކޮމިޓީއަށް ފެންނަ ކަމަށް ނިންމާ ކޮމިޓީން އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޒަކަރިއްޔާ އަކީ މިހާރު އީސީގެ ސެކްރެޓަރީ ޖެނެރަލެވެ. އޭނަގެ ނަން ފޮނުވީ މެންބަރުކަމަށް ކުރިމަތިލާން އާންމުކޮށް އިއުލާން ހުޅުވައިލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި އޭރު ހުންނެވި އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީ ހުސްވާ މަގާމަށް އައްޔަނު ކުރަން ޒަކަރިއްޔާގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved