މަސްވެރިންނަށް ފައިސާ ނުދޭތީ ސަރުކާރާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދިޔަ އަލީ ރަޝީދު (އަލިބެ)އަށް ސަރުކާރުން ވަޒީފާދީ އަނގަ ބަންދުކުރުވައިފިއެވެ.
ފާއިތުވި ދުވަސްތަކުގައި އަލިބެ ގެންދިޔައީ ސަރުކާރުން މަސްވެރިންނާ މެދުވަމުންދާ އިހުމާލާ އަދި އޭގެ ނަތީޖާ ހިތިކޮށް މަޖިލިސް އިންތިހާބު ފެނިގެން ދާނެކަމަށް ބުނެ ސޯޝަލް މީޑިޔާއަށް ވީޑިއޯތައް ދޫކޮށްލަމުންނެވެ.
އަލިބެ ހާމަކުރަމުން ގެންދިޔައީ ތެދު ވާހަކަތަކެއްކަން ދިޔައީ ހިސާބުތަކުން ހާމަވަމުންނެވެ. އެއާއެކު ސަރުކާރު ނޭވާ ހޮޅިއަށް އެޅުނެވެ. އަދި މި ފަދަ ކަންކަމުގައި ނިކަން އަވަހަށް ދޮގުކުރުމުގެ ކުރީ ސަފުގައި އުޅޭ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މަޖްބުރުވެ އަލިބެ މަތަ ކުރަން ވަނީ ސަރުކާރުން ވަޒީފާ ދީފައެވެ.
އެގޮތުން އަލިބެ ސަރުކާރަށާ އަދި މަޖިލިސް އިންތިހާބުގައި އެ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓަށް ޝުކުރު އަދާކޮށް ފޮޓޯއަކާ އެކު ކުރި ޕޯސްޓުން ހާމަވާ ގޮތުގައި އޭނާއަށް ވަޒީފާދިފައިވަނީ ނިމިދިޔަ ސަރުކާރުން އެންމެ ބޮޑު ކޮރަޕްޝަން ހިންގާފައިވާ އެއް ކުންފުނި. އާރުޑީސީއިންނެވެ.
އަލިބެގެ އަޑު ކަނޑުވާލާ އަނގަ ބަންދުކުރަން ސަރުކާރަށް މަޖްބޫރުވެ ދީފައިވަނީ އާރުޑީސީގެ އިންވެންޓަރީ މެނޭޖްމަންޓު އޮފިސަރއެއްގެ މަގާމެވެ.
އަލިބެ މި ޕޯށްޓުން ހާމވާން އޮތީ ސަރުކާރާ އަދި މަޖިލިހަށް ގއ. ވިލިގިނލީ ދާއިރާއަށް ވާދަކުރާ ޔަޒްމީދުގެ ނުފޫޒުން އާރުޑީސީއިން މި މަގާމު ހަމަޖައްސާފައިވާކެމެވެ.
އެހެންކަމުން މިއީ ސީދާ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ދީފައިވާ މަގާމަކަށް ވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގުކުރަން ޖެހޭނެއެވެ.