ދިވެހިރާއްޖެއަކީ ނިސްބަތުން ކުޑަ ގައުމެއް ކަމުގައި ވީނަމަވެސް މި ގައުމު ކުޑަވުމަކީ ބޭރުގެ ގައުމުތަކުން ރާއްޖެ ގަނާ ކުރަން ލިބޭ ހުއްދައެއް ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އަނބުރާ ރާއްޖެ ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ފާއިތުވެ ދިޔަ ދުވަސް ތަކުގައި ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔައީ ރާއްޖެ އިންޑިއާގެ ކަނޑުގައި އޮންނާތީ މި ގައުމަކީ އެ ގައުމުގެ “ބެކްޔާޑޭ” ކިޔާ ރާއްޖެއަށް މަލާމާތުގެ ބަސްތައް ރައްދުކުރަމުން ދިޔަ މަންޒަރެވެ. ނަމަވެސް މި ބަސްތަކަށް ރައްދުދެއްވާ ރައީސް ވިދާޅުވީ މި ގައުމަކީ އެހެން ގައުމެއްގެ ބެކިޔާޑުގައި އޮތް ގައުމަށް ނޫން ކަމަށެވެ. އަދި ސަރަހައްދީ ގޮތުން މި ގައުމު ކުޑަ ނަމަވެސް ރާއްޖެއަކީ ހާއްސަ އިޤުތިސާދީ ސަރަހައްދު ބޮޑު ގައުމެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމާލައްވަމުން އިނގިރޭސިބަހުން މުޚާތަބުކޮށް ވިދާޅުވީ،
މިއީ ކުޑަ ޤައުމެއް، އެކަމަކު އެއީ އެހެން މީހުންނަށް މި ޤައުމަށް ގަނާކުރަން ލިބޭ ހުއްދައެއް ނޫން
ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި އަދި ބޭސްފަރުވާ އެތެރެކުރަނީ އަމައެކަނި އިންޑިއާއިންނެވެ. ނަމަވެސް މިކަމަށް ނިމުމެއް ގެނައުމަށްޓަކައި ކުރިއައަށްއޮތްތަނުގައި އެންމެ ރަނގަޅު ފެންވަރުގެ ބޭސް އުފައްދާ ޔޫރަޕުގެ ކުންފުނިތަކުން ރާއްޖެއަށް ބޭނުންވާ ބޭސް ސީދާ ގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަށް އިންޑިއާނޫން އެހެން ގައުމަކުން އެތެރެ ކުރުމުގެ މަސައްކަތް ކުރިއަށް ދާކަން ރައީސް ހާމަކުރެއްވިއެވެ.
އިންޑިއާއިން ވަނީ ދިވެހިން ބޭސްފަރުވާހޯދަން އިންޑިއާއަށް ދާންޖެހުމުމާއި ވިސާ ހިފާއްޓަނެކަމުގެ ބިރު ދައްކާފައިއެވެ. ނަމަވެސް ކުރިއަށްއޮތްތާ ޒަމާނީ ފެންވަރުގެ ބޭސްފަރުވާ ލިބޭ ޔުނައިޓެޑް އަރަބި އެމިރޭޓްސް- ޔޫއޭއީއާއި ތައިލޭންޑު ފަދަަ ބޭސްވެރިކަމުގެ ދާއިރާއިމް ކުރިއަރާފައިވާ ގައުމުތަކުން އާސަންދަ މެދުވެރިކޮށް ބޭސްފަރުވާ ލިބޭ ނިޒާމް ހަމަޖެހިގެން ދާނެކަމަށް ރައީސް ހާމަކުރެއްވިއެވެ.