March 21, 2026
Advertisement
އަދުރޭއާ ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން
އަދުރޭއާ ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން / ސަން އޮންލައިން

ފުރަތަމަ އިންތިޚާބް ބޮއިކޮޓް ކުރީ އަދުރޭ ކަން ހާމަވެއްޖެ!

Aishath Naja
އައިޝަތު ނަޖާ
Apr 2, 2024, 12:57 AM
މާލެ ސިޓީ

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންގ މޭޓަކަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހްމަދު ގެ ނަން ޖެހުމުން އެކަމާ ހިތްހަމަ ނުޖެހިގެން އިންތިޚާބް ބޮއިކޮޓް ކުރީ އަދުރޭ ކަން ހާމަވެއްޖެއެވެ.

Advertisement

މިކަން ހާމަވެފައިވަނީ ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.

އެގޮތުން 30 ޖުލައި 2023 ވަނަ ދުވަހު ޑރ ޖަމީލް ރަނިންގް މޭޓަކަށް ހަމަޖެއްސުމުން އެކަމާ ހިތްހަމަނުޖެހުނީ އަދުރޭ ކަމަށާއި ރަނިންގް މޭޓަކަށް ވާން ބޭނުންވީ އަދުރޭ ކަމަށްވެސް އެ ޕޯސްޓްގައި ވަނީ ބުނެފައެވެ.

ރަނިންގް މޭޓަކަށް އަދުރޭ އަމިއްލަ ނަން ޖަހައިގެން އުޅުއްވި މަންޒަރު އޭރު ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖާރ އަދި މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީނަށާއި އަދުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށްވެސް ފެނިވަޑައިގަންނަވާނެ ކަމަށް އެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

މިކަމާ ގުޅިގެން ޗެނަލް 13 އިން ވަނީ މި ދެބޭފުޅުންގެ ވެސް ބަހެއް ހޯދޭތޯ މަސައްކަތް ކޮށްފައެވެ، ނަމަވެސް އަދި އެއްވެސް ޖަވާބެއް ލިބިފައިނުވެއެވެ.

އަދުރޭ އަންނަނީ ރިޔާސީ އިންތިޚާބް ބޮއި ކޮޓް ކުރަން ރައީސް ޔާމީން ވިދާޅުވިކަމަށް ބުނެ ދޮގުވާހަކަތައް ދައްކަވަމުންނެވެ. ހަގީގަތުގައި އިންތިޚާބް ބޮއި ކޮޓް ކުރަން ބޭނުންވީ އަދުރޭ ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.

އަދުރޭ ބޭނުންވަނީ އަދުރޭ ވެރިކަން ކުރަން ކަމަށާއި އޭނާގެ ނުފޫޒު މި ގައުމަށް ފޯރުވަން ކަމަށްވެސް ސޯޝަލް މީޑިޔާގައި ގިނަ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު
ކޮމެންޓްތައު
އްއްޑޫ މީހާ
Apr 2, 2024, 09:25 AM
ޕީޕީއެމް ޕީއެންސީ އަށް އެއްވެސް ރައްޔަތަކު ވޯޓު ނުދޭތި އާދޭސް ކޮށްފަ މިބުނީ ހެޔޮ ނުވާނެ މީ ލައްކަ ހަރާންކޯރު ވިސްނުމެއް ގެންގުޅޭ ބައެއް މިމީހުންގެ ވިސްނުން ހުރީ މަޖިލީސް މެޖޯރިޓީ ނަގައިގެން ޤާނޫނު މުގުރާލާފަ ވެރިކަން 10އަހަރަށް ދަންމާލަން އަދި މަޖިލީސްވެސް 10އަހަރަށް ދަންމާލަން
އިތުބާރު
Apr 2, 2024, 09:20 AM
ފުރަތަމަ ދޭބަލަ ހިސާބު ޖަހަން ބީތާ ގައުމަށް ޖެހިގެން އުޅޭ ބޮޑު މުސީބާތެއް ތި ޓިނު އަދުރެ އަކީ މިބަލާވެރިކަމުން އަޅަމެން މިންޖު ކުރައްވާނދޭވެ އާމީން
علي وحيد
Apr 2, 2024, 02:23 AM
ތިފެންމަތިވަނީ އަހަރެމެން ދެއްކި ވާހަކަ އަދިވެސް ފަޅާއަރާނެ ކަންކަން ހުންނާނެ ތި ފުނަދޫ އަދުރޭގެ ނުބައިކަން އެއީ މުޅި ޕީޕީއެމް ހަލާކުވެގެންދިޔަ ސަބަބު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved