May 3, 2026
Advertisement
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި / ޝާވިން | ތޭރަ އިމޭޖްސް

މުއިއްޒު އަޅުގަނޑު މިނިވަންކުރަން ކުރި މަސައްކަތެއް ނޯންނާނެ: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Apr 2, 2024, 01:38 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް މިނިވަންކުރަން ރައީސް މުއިއްޒު ކުރެއްވި މަސައްކަތެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާއެއްގައި ކެންޑިޑޭޓަކާ ސުވާލު އަމާޒުކުރައްވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު މިނިވަން ކުރަން މިހާރުގެ ރައީސް ޑރ.މުއިއްޒު ކުރެއްވި އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށާއި އެމަނިކުފާނުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ މި ސަރުކާރުން އަތްބާނައިގެން ކަމަށެވެ.

އޭގެއިތުރުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގައި ވެރިންގެ ގޮތުގައި ތިބި މީހުން އެމަނިކުފާނު މިނިވަންވާން ބޭނުން ނުވާކަމަށެވެ.

ރައީސް ޔާމީން މިނިވަންވާން ބޭނުންވާނަމަ މުޒާހަރާ އެހާ ފަނޑުކޮށް އާދައިގެ ގޮތަކަށް ނުދާނެ ކަމަށް ވެސް ވިދާޅުވެ ރައީސް ޔާމީންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުކޮށްފައެވެ.

މުއިއްޒު ކުރައްވާ މަސައްކަތެއް ނޯންނާނެ އަޅުގަނޑު މިނިވަން ކުރާކަށް. އަޅުގަނޑަށް އެނގިފައިހުރި ގޮތުން ވެއްޖިއްޔާ ސަރުކާރުގެ މަތީފަންތީން އަތްބާނައިގެން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ. ހަމަ ސަރުކާރުން އަތް ބާނައިގެން ލަސްކުރީ. އެހެންވީމަ ޕީޕީއެމްގެ އާންމު މެންބަރުންނަށް ކަންކަން އޮޅުވާލަން އުޅޭނެ ކަމެއް ނެތް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ސަރުކާރުން އުޅެނީ ޕީޕީއެމްގެ އާންމު މެމްބަރުންނަށް އޮޅުވާލަން ކަމަށެވެ.

ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަތައް ދައްކާނެ ކަމަށާއި އެވާހަކަތައް ދައްކައިގެން މާދަމާ ޖަލަށް ގެންދިޔަޔަސް މައްސަލައެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved