May 6, 2026
Advertisement
މަޖްލިސް
މަޖްލިސް / މަޖިލިސް

އީދު ބަންދަށް މަޖިލިސް މެދުކަނޑާލައިފި

Aishath Naja
އައިޝަތު ނަޖާ
Apr 2, 2024, 09:18 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އީދު ބަންދު ނިމެންދެން ކުރިޔަށް ނުގެންދާން ނިންމައިފިއެވެ.

Advertisement

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށް ނިންމެވީ ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވުމާއި ގުޅިގެންކަމަށެވެ.

އެއީ މިހާތަނަށް މަޖިލީހުން އަމަލުކޮށްފައިވާ ގޮތުން ޖަލްސާތައް ބާއްވަމުންދަނީ ސަރުކާރު ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ކަމުން ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ މުވައްޒަފުންގެ މަސައްކަތު ގަޑިވެސް ސަރުކާރު މުވައްޒަފުންގެ މަސައްކަތު ގަޑިއާ އެއްގޮތަށް އޮންނަ ކަމަށާ ހޯމަ ދުވަހު ބޭއްވި ޖަލްސާގެ މަސައްކަތުގައިވެސް މުވައްޒަފުން އުޅުނީ ޗުއްޓީ ދުވަހެއްގެ ގޮތުގައި ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އީދު ބަންދަން ޖަލްސާތައް މެދުކަނޑާލި ނަމަވެސް ޖަލްސާ އަލުން ބާއްވާނެ ތާރީހެއް އިއުލާނުކޮށްފައި ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved