ރައީސް އަބްދުﷲ ޔާމީނަކީ ހިޔަޅެއްގެ ގޮތުގައި ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ ސިފަކުރި ޓްވީޓް ރީޕޯސްޓުކުރުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ޕޯސްޓު ޑިލީޓުކުރައްވައިފިއެވެ.
ވަރަށް ޑިމޮކްެރެޓިކު ބޭފުޅެއްކަމަށް އަމިއްލައަށް ދައުވާ، ޔޫތު މިނިސްޓްރީގެ ޑީޕީ މަރިޔަމް ޝިއުނާ އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ ރައީސް ޔާމީން ޙުކުމުގެ ކުރިން ކެންޑިޑޭޓު ނެރެން ފުރުސަތު ދެއްވުމަށްފަހު ކަން ކުރައްވަން އުޅުއްވީ ވަރަށް "ހިޔަޅުކޮށް" ކަމަށާއި، ރައީސް ޔާމީން އަސްލު އުޅުއްވީ ރައީސް މުއިއްޒު ޕީޕީއެމްއިން ވަކި ކުރައްވައި ޕްރައިމަރީއިން ބަލި ކުރައްވަން ކަމަށެވެ.
ރައީސް މުއިއްޒުއާ "އާދަޔާ ހިލާފު" ގާތް ގުޅުމެއް އޮންނަ ކަމަށް އަޑު ފެތުރިފައިވާ ޝިއުނާގެ އެ ޓްވީޓު ރީޓްވީޓު ކުރެއްވުމަށްފަހު، ނޫސްތަކުން އެ ވާހަކަ ރިޕޯޓު ކުރަން ފެށުމުން ރައީސް މުއިއްޒު ވަނީ ރީޓްވީޓް ޑިލީޓް ކޮށްލައްވާފައެވެ.
އަންގާރަ ދުވަހުގެ 13:45 އާ ހަމައަށްވެސް މުއިއްޒުގެ ރީޓްވީޓު ސޯޝަލް މީޑިޔަގައި ފެންނަން އޮތް ނަމަވެސް އޭގެ ފަހުން އެ ރީޓްވީޓު ނުފެނެއެވެ.
މި ފަހަކަށް އައިސް ޕީޕީއެމްއާ މެދު ކަންކުރަމުން ގެންދާ އިހާނެތި ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވަވާ ރައީސް ޔާމީން ވާހަކަފުޅު ދައްކަވަމުން ދާތީ ޚާއްސަކޮށް ރައީސް މުއިއްޒު ޕީޕީއެމަށް ހެވެއް ނޭދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން ރައީސް ޔާމީން ވާހަކަފުޅުތަކަށް ރައްދު ދެއްވާ ސަރުކާރުގެ އިސްވެރިން ރައީސް މުހައްމަދު މުއިއްޒުގެ އަމުރަށް ސޯޝަލް މީޑިޔާގައި ރައްދުދީ ހިއްސާކުރަމުން ގެންދާ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމް ޕީއެންސީ އަދި އެ ދެޕާޓީގެ މެމްބަރުން ބިކަކޮށް މަގުމަތިކުރާނެ ނަމަ، ސުޕްރީމު ކޯޓުގައި އޭރު އޮތް އެމަނިކުފާނުގެ ކެންޑިޑެންސީ މައްސަލައިގައި ހުކުމްކުރުމުގެ ކުރިން ޕީއެންސީއިން ކެންޑިޑޭޓަކު ދެއްކުމުގެ ފުރުސަތު ނުދެއްވީސް ކަމަށެވެ.
ޝިއުނާގެ ޓްވީޓުގައި ރައްދު ދިފައިވަނީ މިވާހަކައަށެވެ.