March 20, 2026
Advertisement
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް / ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޖަލްސާތައް އީދު ބަންދަށް މެދު ކަނޑާލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Apr 3, 2024, 05:35 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އީދު ބަންދު ނިމެންދެން މެދުކަނޑާލައިފިއެވެ.

Advertisement

މިކަމާ ގުޅިގެން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށް ނިންމެވީ ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވުމާއި ގުޅިގެންކަމަށެވެ. އަދި މިހާތަނަށް މަޖިލީހުން އަމަލުކޮށްފައިވާ ގޮތަކީ ސަރުކާރު ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ޖަލްސާތައް ބޭއްވުން ކަމަށްވުމުން އެގޮތަށް ނިންމެވީ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ މުވައްޒަފުންގެ މަސައްކަތު ގަޑިވެސް ސަރުކާރު މުވައްޒަފުންގެ މަސައްކަތު ގަޑިއާ އެއްގޮތަށް އޮންނައިރު ހޯމަ ދުވަހު ބޭއްވި ޖަލްސާގެ މަސައްކަތުގައިވެސް މުވައްޒަފުން އުޅުނީ ޗުއްޓީ ދުވަހެއްގެ ގޮތުގައި ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އީދު ބަންދަން ޖަލްސާތައް މެދުކަނޑާލި ނަމަވެސް ޖަލްސާ އަލުން ބާއްވާނެ ތާރީހެއް ރިޔާސަތުން އިއުލާނެއް ނުކުރެއެވެ. މިހާރު ވެސް މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ބައެއް މަސައްކަތްތައް އަދިވެސް ހުރީ އެކި މަރުހަލާތަކުގައި ނުނިމިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved