March 10, 2026
Advertisement
މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް / -

ރައީސް މުއިއްޒަށް ދޯކާ ނުދޭން ބުނެ ނިލަންދޫގެ ރައްޔިތުންނަށް މިނިސްޓަރ ހަލީލް އިންޒާރުދީފި!

Aishath Naja
އައިޝަތު ނަޖާ
Apr 4, 2024, 02:42 AM
މާލެ ސިޓީ

ފ.ނިލަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އަށް ވޯޓު ނުދީ، ދޯކާ ދިނުން އެއީ އެހާ ރަނގަޅުކަމެއް ނޫންކަމަށް ވިދާޅުވެ ހެލްތް މިނިސްޓާރ އަބްދުﷲ ހަލީލް ނިލަންދޫ ގެ ރައްޔިތުންނަށް އިންޒާރުދޭން ފަށައިފިއެވެ.

Advertisement

މިނިސްޓަރ ހަލީލް އެފަދައިން ވާހަކަ ދައްކަވާ ވީޑިޔޯ އެއް ވަނީ ސޯޝަލް މީޑިޔާގައި ދައުރުވާން ފަށާފައެވެ.

އެގޮތުން އޭގާއި މިނިސްޓާރ ވިދާޅުވަނީ ރައީސް މުއިއްޒުގެ ކޮއްކޯފުޅަށް ވޯޓު ނުދީފިނަމަ އެ ދޯކާ އެނބުރި ނިލަންދޫގެ ރައްޔިތުންނަށް އަންނާނެކަމަށެވެ.

އިތުބާރު ހުރި ފަރާތަކުން ޗެނަލް 13 އަށް މައުލޫމާތު ދިން ގޮތުގައި މިނިސްޓާރ ހަލީލް މިގޮތައް ވާހަކަދައްކަވާފައިވަނީ ނިލަންދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ރަޝީދަށް ތާއިދު އޮތް ގެޔަކަށް ވަޑައިގެން އެ ގޭގެ މީހުންނާއެވެ.

އެގޮތަށް މިނިސްޓަރ ހަލީލް ގެންދަވަނީ އަހުމަދު ރަޝީދަށް ތާއިދު ކުރައްވާ ނިލަންދޫގެ ގޭގެޔަށް ގޮސް އެ ރަށުގެ ރައްޔިތުންނަށް ބިރު ދައްކާ ރައީސް މުއިއްޒު ނިލަންދޫގެ ރައްޔިތުންނަށް ދޯކާ ދޭނެ ކަމަށް ވިދާޅުވަމުންނެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުން އަންނަ ވީޑިޔޯގައި މިނިސްޓާރ ހަލީލް އިތުރަށް ވިދާޅުވީ މި 5 އަހަރު ތެރޭގައި ނިލަންދޫގެ ރައްޔިތުން ރައީސް މުއިއްޒަށް ވަފާތެރިވާން ޖެހޭނެކަމަށެވެ.

މިނިސްޓާރ ހަލީލް ވަނީ ވީޑިޔޯގައި ނިލަންދޫގައި އެއާޕޯޓް އަޅަން ފަށާނެ ވާހަކަވެސް ފާހަގަކުރައްވާފައެވެ. ނަމަވެސް އެއީ ރައީސް މުއިއްޒުގެ ކޮއްކޯފުޅަށް ވޯޓު ދެނީކަމުގައި ވާނަމައެވެ.

ރައީސް ގެ ކޮއްކޯފުޅު ނިލަންދޫ ދާއިރާއަށް ވާދަކުރައްވާތީވެ ރައީސް މުއިއްޒު ވަނީ އެ އަތޮޅު މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމަށްފަހު ނިލަންދޫގައި އެއާޕޯޓް އަޅަން ނިންމަވާފައެވެ.

މިކަމާ ގުޅިގެން މަގޫދޫގެ ރައްޔިތުން އަންނަނީ ސިލްސިލާކޮށް އެ ރަށުގައި މުޒާހަރާތައްވެސް ކުރަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައު
Najaage only fans
Apr 4, 2024, 06:13 AM
Lobuvethi najaa ah. Minister ge e vaahaka fulhu adu essevumah fahu e dhakkavany goes vaahaka eh tho bellevun dhen. Adhi eah fahu molhethi habarathuthah liyyuvun edhen. Shukuriyya
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved