ސަންޓޯ، ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކުރަނީ / ސޯޝަލް މީޑިއާ
ސިޔާސީ
ތިމަރަފުށިން ސަރުކާރުގެ ވެރިން ލަދު ގަންނުވާލައިފި
11 އޭޕްރީލު 2024
މާލެ ސިޓީ

ސަރުކާރު ކެންޑިޑޭޓަކު ދާއިރާގައި ހުއްޓާ އެ ކެންޑިޑޭޓާ ދެކޮޅަށް ސަރުކާރުން ނިކުތުމުން ތިމަރަފުށީ ރައްޔިތުން އެ ރަށަށް ދިޔަ ވެރިން ލަދުގަންނުވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާއަށް ކުރިމަތިލާނީ ތިމަރަފުށީ، ނިޝާން، އިބްރާހިމު ސަނާހުކަމަށް ނިންމާ ދާއިރާގެ މަޖިލިސް ޓިކެޓު ސަނާހުއަށް ވަނީ ދީފައެވެ. އެއަށް ފަހު ސަރުކާރުން ވަނީ ސްޓޭންޑް ބަދަލުކޮށް އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ، މިހާރު ދާއިރާގެ މެމްބަރުގެ ބޭބެ އަހުމަދު ރިޔާޒަށް ކެމްޕެއިން ފަށާފައެވެ.

ސިއްރިޔާތުގައި ފުރަތަމަ، ރައީސް އޮފީހުގެ ދެ މިނިސްޓަރުން ކަމަށްވާ އާދަމް ރަމިޒު އާ އަބްދުﷲ ނާސިރު ފެށި އެ ކެމްޕެއިން މިހާރު ފާޅުގައި ކުރިއަށް ގެންދާއިރު ތިމަރަފުށީ ދާއިރާގެ ރައްޔިތުންވަނީ އެކަމާ ނުރުހުންފާޅުކޮށްފައެވެ.

އަހުމަދު ރިޔާޒުގެ ކެމްޕެއިނަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާ ސިއްހީ ވަޒީރު އަބްދުﷲ ޚަލީލުގެ އިތުުރނ ދައުލަތުގެ އެހެން އިސްވެެރިންވެސް ގޮސް ވަނީ ޖަގަހައެއްވެސް ހުޅުވާދީފައެވެ.

ސަންޓޯގެ ބުރަ މަސައްކަތަކާ އެކު ގެނައި ސަރުކާރަކުން ސަންޓޯއާ މެދު ހިންގަމުން ގެންދަނީ ޖަރީމާއެއް ކަމަށާ އެކަމާ ދެކޮޅަށް ރައްޔިތުން އަޑު އުފުލާނެ ކަމަށް ރައްޔިތުން ދިޔައި ގޮވަމުންނެވެ.

ރައްޔިތުން ހާމަކުރާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ އަނިޔާވެރި އަދި މަކަރާ އޮޅުވާލުން ގިނަ ސަރުކާރެއް ކަމަށެވެ.

ސަނާހު އަކީ ސަރުކާރު ތަމްސީލުކުރާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓުކަން ހާމަވަނީ އޭނާއަށް އެ ޕާޓީއިން އަރުވާފައިވާ ސިޓީއާ އެކުއެވެ. ނަމަވެސް ކުއްލިއަކަށް ސަރުކާރުގެ ސްޓޭންޑް ބަދަލުކުރި ސަބަބެއް ވެސް ޕީއެންސީއިން ހާމަކޮށްފައިނުވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved