May 6, 2026
Advertisement
އަދުރޭ
އަދުރޭ / ތޭރަގްރެފިކްސް

އަދުރޭ ފޮނަދޫ ދާއިރާގައި ތެލި ސެޓު ބަހަނީ!

Aishath Naja
އައިޝަތު ނަޖާ
Apr 5, 2024, 04:36 AM
މާލެ ސިޓީ

ލ. ފޮނަދޫ މެދު އަވަށުގައި އަބްދުއްރަހީމްގެ އާއިލާއިން ހިންގާ އަރާފާ ޓްރޭޑާސްއިން އެ ދާއިރާގައި ހިމެނޭ ރަށްރަށުގެ ގޭގެއަށް ތެލި ސެޓު ބަހަން ފެށިކަން ހާމަވެއްޖެއެވެ.

Advertisement

އެ ދާއިރާގައި ހިމެނޭ ފޮނަދުއާއި މާމެންދޫގެ ގޭގެއަށް އަރާފާ ޓްރޭޑާސްއިން ހަދިޔާ ކުރި ތެލި ސެޓު ތަކުގެ ބޭރުގައި "އަރާފާ ޓްރޭޑާސްގެ ހެޔޮ އެދުންތަކާއެކު" ކަމަށް ވަނީ ލިޔެފައެވެ.

އަރާފާ ޓްރޭޑާސް އަކީ އަބްދުއްރަހީމްގެ ގެ، "އަރާއިރު" އަށް ރެޖިސްޓަރީ ކޮށްފައިވާ ވައިޓް ލިންކްސް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގާ ފިހާރައެއް ކަން ފާހަގަކޮށްލެވެއެވެ.

ވައިޓް ލިންކްސް ޕވޓ. ލމޓ. ގެ މެނޭޖިން ޑިރެކްޓަރަކީ އަބްދުއްރަހީމްގެ ދަރިކަނބަލުން، ފާތިމަތު ސޮބާހާ އަށް ވާއިރު އެ ކުންފުނީގެ ޑިރެކްޓަރަކީ އަނބިކަނބަލުން ދިޔާނާ ހުސެއިން އެވެ.

އަރާފާ ޓްރޭޑާސްއިން ފޮނަދޫ ގޭގެއަށް ތެލިސެޓު ބަހަމުންދާއިރު، ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އަބްދުއްރަހީމް ވަނީ ފޮނަދޫ ދާއިރާއަށް ކުރިމަތިލައި ކެމްޕޭނު ކުރައްވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved