
ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފުރަތަމަ 20 ދުވަހު އެންމެ ގިނަ ބަޔަކު ޒަކާތް ދެއްކީ ބީއެމްއެލް މެދުވެރިކޮށް އޮންލައިންކޮށެވެ. ބީއެމްއެލްގެ ޕޯޓަލް މެދުވެރިކޮށް 2.2 މިލިއަން ރުފިޔާާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފަ އެވެ. މީގެ އިތުރަށް ދެން ޒަކާތް ދައްކާފައިވާ ގޮތަކީ:
އެއީ ޖުމްލަ 4.5 ބިލިއަން ރުފިޔާއެވެ.
ޒަކާތް ދެއްކުން ފަސޭހަކޮށްދިނުމަށް އޮންލައިންކޮށް އެކި ޕްލެޓުފޯމުތައް މެދުވެރިކޮށް އެ އިންތިޒާމު ވަނީ ހަމަޖައްސައިދީފަ އެެވެ. މީގެ އިތުރުން އިސްލާމިކް އެފެއާޒް މިނިސްޓްރީގައި ޒަކާތް ބަލައިގަތުމަށް ހާއްސަކޮށްފައިވާ ކައުންޓަރު ތަކުން ވެސް ޒަކާތް ބަލައިގަންނާނެއެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު:
މީގެ އިތުރުން ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް ރޯދަ މަހުގެ ފަހު ދުވަހާއި ހަމައަށް އެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިދީފައެވެ.
ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުން ކުރިއަށްދާނީ އަމީނިއްޔާ ސްކޫލް ހޯލުގައެވެ.
ހުކުރު، ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު ވެސް ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.










