March 10, 2026
Advertisement
މީހަކު ޒަކާތް ދައްކަނީ:
މީހަކު ޒަކާތް ދައްކަނީ: / އިސްލާމިކް މިނިސްޓްރީ

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ބަހައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 26, 2025, 04:59 PM
މާލެ ސިޓީ

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ބަހައި، ކޮންމެ ފަގީރަކަށް 5،000 ރުފިޔާ ދޫކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

Advertisement

މުދަލު ޒަކާތުގެ ގޮތުގައި މީހަކަށް 5000ރ. ބެހިއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު މަތީ އަދަދެކެވެ. މިދިޔަ އަހަރު ބޮލަކަށް ޖެހުނީ 4000ރ. އެވެ.

ފިތުރު ޒަކާތުގެ ފައިސާގެ ގޮތުގައި 13.2 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިހާތަނަށް އެންމެ ގިނައިން ޒަކާތް ލިބުނު ފަހަރު ވެސްމެ އެވެ.

ފަގީރުންގެ ދަފްތަރުގައި ހިމެނޭ އެންމެންނަށް އެއް ހަމައަކުން، މި އަހަރު ފިތުރު ޒަކާތް ބަހަން މިނިސްޓްރީން ވަނީ މިދިޔަ މާޗް މަހު ނިންމައިފަ އެވެ. އެއީ އިޖުތިމާއީ އަދާލަތު ގާއިމްކުރަން ނިންމި ނިންމުމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved