March 22, 2026
Advertisement
ޕީއެންއެފް
ޕީއެންއެފް / ތޭރަ އޮންލައިން

ދީނާ ގައުމިއްޔަތު އަދި މަސްލަހަތު ހިިމާޔަތްކުރާނީ ޕީއެންއެފުން: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Apr 5, 2024, 11:04 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ވެގެންދާނީ، ދިވެހިރާއްޖޭގެ ދިނާ ގައުމިއްޔަތު އަދި މަސްލަހަތުވެސް ހިމާޔަތްކުރާނެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ކަމަށް، އެ ޕާޓީ އުފެއްދުވުމުގައި އިސްކޮށް ހަރަޚާތްތެރިވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ، އެ ޕާޓީ އުފެއްދުމަށް ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މަލީހު ވިދާޅުވީ، ޕީއެންއެފަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް އިހުނަށް ވުރެ ވަރުގަދަކޮށް ވަރަށް އަވަހަށް ފަށާނެ ކަމަށާ އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މަލީހު ވިދާޅުވީ އެ ޕާޓީ ބޮޑުވެދާނެތީ އެކަމުގެ ބިރަށް ޕިއެންސީގެ ޕްރައިމަރީވެސް ލަސްކުރި ކަމަށާ ނަމަވެސް ޕީއެންއެފް ވެގެންދާނީ ގައުމުގައި އުފެދޭނެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

ޕީއެންއެފް ވާނީ ރާއްޖޭގެ ހުރި މައްސަލަތަކަށް ވަކާލާތު ކުރުމުގައި އެއްވެސް ވަރަކަށް ފަސް ނުޖެހޭނެ ޕާޓީއަށް. ޒުވާނުންގެ ޕާޓީއަށް، ރައްޔިތުންނަށް އުންމީދު ގެނެސްދޭ ޕާޓީ އަށް. ދިވެހިން ހަމަ އިސްކޮޅަށް ތެދު ކުރާނެ ޕާޓީއަށް، މި ޕާޓީގެ އަސާސީ ގަވައިދު އެކުލެވިގެން ދާނީ މި ދެންނެވި އަސާސްތަކުގެ މައްޗަށް.

މަލީހު

މަލީހު އިތުރަށް ވިދާޅުވީ ރައީސް ޔާމީނަކީ ޓެސްޓް ކުރެވިފައިވާ ދުނިޔޭގެ ފެންވަރުގެ ލީޑަރެކެވެ. އެހެންކަމުން ޕީއެންއެފްގެ އަސާސީ ސިފައަކަށް ވެގެންދާނީ ރައީސް ޔާމީންގެ ފަލްސަފާ ކުރިއެރުވުމާއި ސިޔާސީ ފަލްސަފާގެ މައްޗަށް ބިނާކޮށް ދިވެހި ރައްޔިތުން އެދޭ ފަދަ އިސްލާހީ ހެޔޮ ބަދަލެއް ގެނައުމާ އެކުގައި ރާއްޖެއަށް ތަރައްގީ ގެނައުން ކަމުގައި ވެސް މަލީހު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved