March 22, 2026
Advertisement
ރައީސް ޔާމީންއަށް ތާއީދު ކުރައްވާ ފަރާތްތަކުން ހައި ކޯޓުގައި
ރައީސް ޔާމީންއަށް ތާއީދު ކުރައްވާ ފަރާތްތަކުން ހައި ކޯޓުގައި / ތޭރަ އޮންލައިން

ރާއްޖޭގެ ޖުޑީޝިއަރީގެ ސްޕީޑު އަވަސްވާން އެބަޖެހޭ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 14, 2024, 07:53 PM
މާލެ ސިޓީ

ރާއްޖޭގެ ޖުޑީޝީއަރީގެ ސްޕީޑު އަވަސްވާން ޖެހޭކަމަށް ރައީސް އަބްދުﷲ ޔާމީން އަލަށް އުފައްދަވާ ޕާޓީ އުފެއްދެވުމަށް އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ، ރައީސް ޔާމީންއަށް ކުރިމިނަލް ކޯޓުން ވ.އާރަށުގެ ދައުވާއާ ގުޅިގެން ކުރި ހަރާންހުކުމުގެ އިސްއިތުނާފް އަޑު އެހުން ނިމި ހުކުމް ނުކޮށް ލަސްކުރަމުން ގެންދާ ގެންދިއުމާ ގުޅިގެން ހައިކޯޓަށް ވަޑައިގަތުމަސް ފަހު މީޑިޔާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މަލީހު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ސިޔާސި ހުކުމެއްކަން މުތުލަގަށް ފެންނަން އެބައޮތް ކަމަށާ އެހެންކަމުން އެފަދަ ހުކުމްތަކާ މެދު އަމަލުކުރަން ޖެހޭ ގޮތް ވަރަށް ސާފުކޮށް 2018 ވަނަ އަހަރު ސުޕްރީމު ކޯޓުން ކުރި ހުކުމާ އެކު ހާމަވެގެން ގޮސްފައިވާނެ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ މައްސަލަ ޕާކުކޮށްފައި ނުބާއްވާ އެ މައްސަލަ އަވަސްކޮށްދިނުމަށް މަލީހު ގޮވާލެއްވިއެވެ.

ރާއްޖޭގެ ޖުޑިޝިއަރީ މިއަށްވުރެ ސްޕީޑު އަވަސްވާން އެބަޖެހޭ. ރައީސް ޔާމީންގެ މައްސަލަ ލަސްވެގެން ދާއިރު ރައީސުލްޖުމްހޫރިއްޔާވެސް އަދި އެޓާނީ ޖެނެރަލްވެސް ބަސްފުޅެއް ވިދާޅުނުވުމަކީ ކަންބޮޑުވާކަމެއް. އަދިވެސް އެއްފަހަރު ހައިކޯޓުގެ ފަނޑިޔާރުންނަށް މި ގޮވާލަނީ ރައީސް ޔާމީންގެ މައްސަލަ އިންސާފުވެރިކަމާ އެކު އަވަހަށް ނިންމާލަ ދޭށޭ. މިއީ މިހާ ހިސާބަށް ދިއުމުން އޮޔާ ވަޔާ އެއްކޮށް ދޫކޮށްލެވޭ ވަރު މައްސަލައެއް ނޫން.

މަލީހު

ރައީސް ޔާމީން ރައީސް ޔާމީންގެ މައްސަލަ މިހާރު ގޮސްފައި އޮތް ހިސާބުން އެމަނިކުފާނަށް އިންސާފު ހޯދައިދޭން ދާންވީ ދިމާއެއް ނޭނގި ގޮތް ހުސްވެއްޖެ ކަމަށާ ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުޑިޝީއަރީ މިނިވަންވެއްޖެ ކަމަށް ވިދާޅުވި ނަމަވެސް ދޮރުތައް އަދިވެސް ހުރީ ނުފޫޒުގެ ތަޅުތަކުން ތަޅުލާފައިކަމަށް މަލީހު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ހުކުމުގެ އަޑު އެހުން ތާވަލްނުކޮށް ލަސްކުރަމުންދާއިރު މީގެ ކުރިން ވެސް އެކަން ސާފުކުރަން ހައި ކޯޓަށް ރައީސް ޔާމީންގެ ޓީމުން ގޮސްފައިވެއެވެ. އެއިން ކޮންމެ ފަހަރަކު ވެސް ހައި ކޯޓުން ދޭ ޖަވަބަކީ ވީހާ ވެސް އަވަހަށް ހުކުމް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ހުކުމާ ހަމައަށް ވާސިލްވެ 2 މަސް ދުވަސް ފައިތުވާން ކައިރިވެފައިވާއިރު ހުކުމުގެ މަޖިލިސް ތާވަލްނުކުރުމަކީ އެއީ ގާނޫނީ ގޮތުން ދެރަވަރު ކަމެއްގެ ގޮތުގައި ގާނޫނީ ފަންނުގެ ގިނަ ބޭފުޅުން ފާހަގަކުރައްވައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved